Last Updated: July 10, 10:24
Thursday, July 10, 2025
ޚަބަރު

"ކަނޑުފަޅުގެ ނަފާ" ލޯނަށް ހުޅުވާލައިފި

މަސްދޯނިތަކުގައި ލޮނު ފެނުން މަސްފިނިކުރާ ނިޒާމު ގާއިމުކުރުމަށް "ކަނޑުފަޅުގެ ނަފާ" ގެ ނަމުގައި ދޫކުރަން ނިންމާއިވާ ލޯނުގެ ފުރުސަތަށް ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ލޯނު ޕްރޮގްރާމްގެ ދަށުން ޖުމްލަ 3.1 މިލިއަން ރުފިޔާ ދޫކުރަން ވަނީ ނިންމައިފަ އެވެ.ލޯނުގެ ފުރަތަމަ ފިޔަވަހީގައި މަދުވެގެން 68 ދޯނީގައި ލޮނުފެން ފިނިކުރާ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ލޯނު ޖުމްލަ 34 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.

މިނިސްޓްރީން ބުނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާ ގުޅިގެން ކުރިއަށް ގެންދާ ލޯނު ޕްރޮގްރާމުގައި ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ ލޯނަށް އެދި ހުށަހަޅާ ތަރުތީބުން އެޕްލިކޭޝަން ވަޒަންކުރުމަށް ފަހު ކަމަށެވެ.
އެތަނުގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް މި ލޯނަށް އެދި ހުށަހަޅަން ޖެހެނީ މިއަދުން ފެށިގެންނެވެ.

"ކަނޑުފަޅު ނަފާ" ލޯނަކީ އަތޮޅުތަކުގައި ހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭ މައްސަލަ އާއި އައިސް ހޯދަން ކުރަން ޖެހޭ ހޭދަ ކުޑަކޮށް އަދި މަސްވެރިން ބާނާ މަސް ގިނަ ވަގުތު ތާޒާކަންމަތީ ރައްކާކުރަން މަގުފަހިކޮށް ދިނުމުގެ ގޮތުން ދޫކުރަން ނިންމި ލޯނެކެވެ.