Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ހިތަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ނިއޯން ބޭކަރީ ހިންގާ އިމާރާތް.

އައްޑޫ ހިތަދޫ ނިއޯން ބޭކަރީގައި މަސައްކަތް ކުުރާ ބިދޭސީއަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

އެ ބޭކަރީގައި ހިއްސާވާ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު "އައްޑޫ ލައިވް" އަށް ވިދާޅުވީ ބޭކަރީގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ މުހުސިން ކިޔާ 39 އަހަރުގެ މީހާ ރޭ ނިދަން ނިދަން ދިޔަ ގޮތަށް ހަބަރެއް ނުވެގެން ބެލި އިރު ފެނުނީ މަރުވެފައިވާ އޮއްވައި ކަމަށެވެ.

ކައުންސިލަރު ސައީދު.

އޭނައާ އެކު އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާ ހަވާލާދީ އަހުމަދު ސައީދު ވިދާޅުވީ އިއްޔެ ހަވީރު 4:00 ގެ ޑިއުޓީ ނިންމާލުމަށް ފަހު ގެޔަށް ދިޔަ ގޮތަށް މުހުސިން ފޯނެއްގައި ހުރުމަށް ފަހު ނިދީ ކަމަށެވެ. އަދި އޭނާ ބަލިކޮށް އުޅޭ ކަމަށް އެނގިފައި ނުވާ ކަމަށް ސައިދު ވިދާޅުވި އެވެ.

ބިދޭސީ މީހާގެ ހަށިގަނޑު ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ގެންގޮސްފަ އެވެ. މުހުސިން ބެލި ޑޮކްޓަރާ ހަވާލާދީ ހޮސްޕިޓަލުން ބުނީ އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ.