Last Updated: July 2, 23:14
Thursday, July 3, 2025
ދުނިޔެ

ސޮލަމަން އައިލޭންޑްސް އަށް ބިންހެލުމެއް

އިންޑޮނީޝީ އަށް އިއްޔެ އިއްޔެ ބިންހެލުމެއް އައިސް އެތައް ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނިކޮށް ސޮލަމަން އައިލޭންޑްސް ވެސް ބިންހެލުމެއް އަތުވެއްޖެ އެވެ.

މީޑިއާތަކުން ވުނީ އެތަނަށް ޕެސިފިކް ކަނޑުގެ ގައުމުގެ ސޮލަމަން އައިލޭންޑްގެ ދެކުނު ހުޅަނގު ސަރަހައްދު ކަމަށްވާ މަލާންގޯ އަށް ބިންހެލުން އައީ ރިކްޓަ މިންގަނޑުން 7.3 ބާރުމިނުގައި ކަމަށެވެ. ނަމަވެސް މި ބިންހެލުމާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ ރިޕޯޓެއް އަދި ނުލިބެ އެވެ.

އެ ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރީ ސޮލޮމަން އައިލޭންޑްސްގެ ވެރިރަށް ހޯނިއަރާއަށެވެ. އެގޮތުން އެ ސިޓީގެ ބައެއް ހިސާބުތަކުން ކަރަންޓް ވެސް ކެނޑިފައިވެ އެވެ.

މި ބިންހެލުމާ ގުޅިގެން އެ ގައުމުގެ މޫސުމާ ބެހޭ އިދާރާ އިން ސުނާމީގެ އިންޒާރު ވެސް ދިނެވެ. އެކަމަކު އެ އިންޒާރު މިހާރު ވަނީ ބާތިލުކޮށްފަ އެވެ. ނަމަވެސް ރައްޔިތުން ރައްކާތެރިކަން ހޯދަން ކަމާބެގޭ ފަރާތްތަކުން އިލްތިމާސްކޮށްފައިވެ އެވެ.