Last Updated: December 6, 23:06
Wednesday, December 6, 2023
މުނިފޫހިފިލުވުން

މިސް ވޯލްޑްގެ ހިތް ވިޔަފާވެރިއަކަށް

ޖޫން މަހު ރިލީޒްކުރި އަކްޝޭ ކުމާރުގެ ފިލްމު "ސަމްރާޓް ޕްރިތުވީރާޖް" އިން ބޮލީވުޑަށް ނުކުތް އިންޑިއާގެ ކުރީގެ މިސް ވޯލްޑް މަނޫޝީ ޗިލާރު، ވިޔަފާވެރިއަކާ ޑޭޓްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ 2017 ގެ މިސް ވޯލްޑްގެ ތާޖު ހާސިލުކުރި 25 އަހަރުގެ މަނޫޝީ ރައްޓެހިވެގެން އުޅެނީ ޒީރޯދާ ކުންފުނީގެ އެއް ބާނީ ކަމަށްވާ ނިކިލް، 35، އާ ކަމަށެވެ.

މީޑިއާތަކުން ބުނި ގޮތުގައި މި ދެ މީހުން ރައްޓެހިވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އަދި އެކީގައި މިހާތަނަށް އެކި ގައުމުތަކަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި މަނޫޝީ އާއި ނިކިލްގެ ގުޅުން ވަރަށް ސީރިއަސް ކަމަށް ވެސް އިންޑިއާގެ މީޑިއާތަކުން ބުނެ އެވެ. އަދި އެ ދެ މީހުން މިހާރު އުޅެނީ "ލިވް-އިން" ރިލޭޝަންޝިޕެއްގައި ކަމަށްވެ އެވެ.

މަނޫޝީ މިހާރު އަންނަނީ ޖޯން އަބްރަހަމާ އެކީ "ތެހެރާން" ކިޔާ އެކްޝަން ތުރިލާއެއްގެ މަސައްކަތްކުރަމުންނެވެ. އޭނަ ވަނީ ވިކީ ކޯޝަލާ އެކީ ވެސް ފިލްމެއް ކުޅެފަ އެވެ. އެއީ އަދި ރިލީޒްކުރާނެ ތާރީހެއް އިއުލާން ނުކުރާ އަދ މަނޫޝީ ބޮލީވުޑަށް ނެރުނު ފިލްމު އުފެއްދި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ދަ ގްރޭޓް އިންޑިއަން ފެމިލީ" އެވެ.