Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

އާރްޓީއެލް ފެރީ ދަތުރުތައް ޅ. އަތޮޅަށް ފަށައިފި

އެމްޓީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަތުރުތައް ޅ. އަތޮޅަށް އިއްޔެ ފަށައިފި އެވެ.

މިކަމާ ބެހޭ ގޮތުން ޕްލޭނިން މިނިސްޓްރީން ބުނީ މި ހިދުމަތަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި އިއްޔެ ފެށި އިރު،
ތިން ރޫޓަކުން އަހުލުވެރި ކުރުމުގެ ދަތުރުތައް ކުރިއަށް ދާނެ ކަމަށެވެ. އަދި މި ދަތުރުތަކަށް އެއްވެސް އަގެއް ނުނަގާނެ އެވެ.

އެމްޓީސީސީގެ މި ދަތުރުތަކަށް އާރްޓީއެލްގެ ފެރީތައް ޅ. އަތޮޅަށް ދިޔައީ މި މަހުގެ 16 ގަ އެވެ. އާރްޓީއެލް ޒޯން ދޭއްގައި ހިމެނޭ ޅ. އަތޮޅުގައި އަގު ނަގަން ނިންމާފައި ވަނީ މި މަހުގެ 28 އިން ފެށިގެންނެވެ. އަދި މި ދަތުރުތައް ހަފުތާއަކު ހުރިހާ ދުވަހެއްގައި ދެ ފެރީގައި ދޭ އެވެ.