Last Updated: July 5, 20:34
Sunday, July 6, 2025
ޚަބަރު

ހަތަރު އަހަރު 21 ބަނދަރު ނިންމި

މި ސަރުކާރުގެ ފާއިތުވި ހަތަރު އަހަަރުގެ ތެރޭގައި 21 ބަނދަރެއް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފާއިތުވި ހަތަރުގެ އަހަރުގެ ކާމިޔާބީގެ ތެރެއިން ޕްލޭނިން މިނިސްޓްރީ ހޯދި ކުރިއެރުންތައް ފާހަގަކޮށް މިނިސްޓްރީން ބުނީ 21 ބަނދަރެއް ނިންމާފައިވާ އިރު، މިހާރު ވެސް ބަނދަރު ހެދުމުގެ 32 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން ބަނދަރު ހެދުމުގެ އިތުރު 12 މަޝްރޫއެއް ކޮންޓްރެކްޓް ކުރެވިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ކޮންމެ ސަރުކާރަކަށް ވެސް ރަށްރަށަށް އާންމުކޮށް ފުއްދައިދޭން ޖެހޭ އާންމު އެއް ވައުދުތަކުގެ ތެރޭގައި ބަނދަރުތައް ހެދުން ހިމެނެ އެވެ. މީގެ ތެރޭގައި ހަދާފައިވާ ބަނދަރުތައް ހަލާކުވެގެންނާއި ޖާގައިގެ ދަތިކަން ކުރިމަތިވެގެން ބަނދަރުތައް އިތުރަށް ބޮޑުކޮށް ވެސް ދޭން ޖެހެ އެވެ.