Last Updated: November 26, 13:03
Saturday, November 26, 2022
ޚަބަރު

ހޭންޑް ފުޓް އެންޑް މައުތު ބަލި ފެތުރެނީ

ހޭންޑް ފޫޓް މައުތު ބަލި ފެތުރޭ މިންވަރު ގިނަވަމުން އަންނާތީ ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ ހޭންޑް ފޫޓް އެންޑް މައުތު ބަލި ދަނީ ވަރަށް ހަލުވި ކަމާއެކު ފެތުރެމުން ކަމަށާއި ބަލީގެ އަލާމާތަތައް ދެނެގަނެ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށެވެ.

ހޭންޑް ފުޓް އެންޑް މައުތް ބައްޔަކީ ވައިރަސްއަކުން ޖެހޭ ގައިން ގަޔަށް އަރާ ބައްޔެކެވެ. ކޮންމެ މީހަކަށް ވެސް މި ބަލި ޖެހުމުގެ ފުރުސަތު އޮންނަ ނަމަވެސް އާންމުކޮށް ކުޑަކުދިން އެއްވެ އެއްވެ އުޅޭ ތަންތަނުގައި މި ބަލި ފެތުރުން އިތުރުވެގެން ދިޔުމުގެ ފުރުސަތު އޮންނަ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައިސް ބޮލުގައި ރިއްސުމާއި، ކަރުތެރެ ފާރުވުމާއި، އަތްތިލަ އާއި ފައިތިލާގައި ރަތްކުލައިގެ ބިހިތަކެއް ނެގުމަށްފަހު ފެން ފޮޅަކަށް ބަދަލުވުން އަދި ކާހިތްނުވުން ހިމެނެ އެވެ.