Last Updated: October 4, 22:10
Thursday, October 5, 2023
ޚަބަރު

ސަރުކާރު އޮތީ ފެއިލްވެފައި: ސިޔާމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު އޮތީ ބޮޑުތަނުން ފެއިލްވެފައި ކަމަށް މޯލްޑިވްސް ޑިވެލޮލްމަންޓް އެލައިންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވި އެވެ.

މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ މަޝްހޫރު ވިޔަފާރިވެރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން ބޭނުން ވަނީ ފުދުންތެރި ދެކޮޅުޖެހޭ އުފާވެރި ދިރިއުޅުމެއް އުޅެން ކަމަށެވެ. ނަމަވެސް ސަރުކާރު ވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމމަތްތައް ފޯރުކޮށް ނުދެވި ބޮޑުތަނުން ފެއިލްވެފައި ކަމަށް ވިދާޅުވި އެވެ.

ސިޔާމަކީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ބޭފުޅެކެވެ. އެހެންވެ އޭނަގެ ޕާޓީން އަންނަނީ އެމްޑީއޭ އަށް މެމްބަރުން އިތުރުކުރަން ވަރަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މި މަހުގެ ތެރޭގައި ވަނީ ޕާޓީ އަށް 10،000 މެމްބަރުން ވެސް ހަމަކޮށްފަ އެވެ.