Last Updated: July 3, 22:50
Friday, July 4, 2025
ދުނިޔެ

ތުރުކީ އަށް ބިންހެލުންތަކެއް

ތުރުކީ އަށް ބިންހެލުންތަކެއް އަތުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ބިންހެލުން އައީ ހުޅަނގު ތުރުކީ ޑުޒުސް ސަރަހައްދަށް ކަމަށެވެ. އެއީ ރިކްޓާ މިންގަނޑުގައި 6.0 ގަ އެވެ. އެ ބިންހެލުން އައިތާ ވިއްސަކަށް މިނިޓް ފަހުން ވެރިރަށް އަންކާރާ އަށް ރިކްޓާ މިންގަނޑުގައި 4.7 ގެ ބިންހެލުމެއް ވެސް އައިސްފަ އެވެ. އެ ބިންހެލުމުގައި އެ ސިޓީން 35 މީހަކު ޒަހަމްވެފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

ޑުޒުސް އަށް އައި ބިންހެލުމުގައި 32 މީހަކު ޒަހަމްވެފައިވާ ކަމަށް ތުރުކީގެ ޑިޒާސްޓާ އޭޖެންސީން ބުންޏެވެ. އެ ތަނަކީ 1999 ގައި އައި ބިންހެލުމެއްގައި 840 މީހުން މަރުވެފައިވާ ތަނެކެވެ.

މިއަދު އައި ބިންހެލުންތަކާ ގުޅިގެން އާންމުން ވަނީ ރައްކާތެރިކަން ހޯދުމަށް ހާމަ ތަންތަނަށް ނުކުމެފަ އެވެ.