Last Updated: April 27, 06:00
Saturday, April 27, 2024
ޚަބަރު

ހެލްތު މިނިސްޓްރީން 13 ލޯންޗް ގަންނަނީ

ހެލްތި މިނިސްޓްރީން 13 ލޯންޗް ގަންނަން ނިންމައި، ގަލްފް ކްރާފާޓާ އެކީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިނިސްޓްރީން ބުނީ 13 ލޯންޗް ގަންގަން ޖުމްލަ 31 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އެގޮތުން ގަލްފް ކްރާޓާ އެކީ ވެވުނު އެއްބަސްވުމުގެ ދަށުން އަހަރުގެ ތެރޭގައި ލޯންޗްތައް ފޯރުކޮށް ދޭން ޖެހެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ލޯންޗްތަކަކީ އަތޮޅުތެރޭގައި އެއް ރަށުން އަނެއް ރަށަށް ލެބޯޓްރީ ސާމްޕަލްތައް ގެންދިއުމަށާއި މިނިސްޓްރީން ކުރިއަށް ގެންދާ ތަފާތު އައުޓްރީޗް ޕްރޮގްރާމްތަކަށް ބޭނުންވ ދަތުރުތަކަށް ހާއްސަކޮށްގެން ހޯދާ ލޯންޗްތަކެވެ. އަދި މި އެއްޗެހި ކުއްލި ހާލަތުގެ ދަތުރަކަށް ވެސް ބޭނުން ކުރާނެ އެވެ.

ލޯންޗްތައް ގަންނަނީ ވޯލްޑް ބޭންކާއި އޭޝިއަން އިންފްރާސްޓްރަކްޗަ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ އެހީގައި ކުރިއަށް ގެންދާ މޯލްޑިވްސް ކޮވިޑް-19 އިމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރެޕެއަޑްނަސް ޕްރޮޖެކްޓުގެ ދަށުންނެވެ.