Last Updated: November 30, 21:25
Wednesday, November 30, 2022
ޚަބަރު

ހޯމް މިނިސްޓްރީގެ ނައިބަކަށް އަޝްރަފް

އަޝްރަފް އަލީ - ފޮޓޯ: ސަން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ހޯމް މިނިސްޓްރީގެ ނައިބުގެ މަޤާމަށް އަޝްރަފް ޢަލީ މިއަދު ޢައްޔަނު ކުރައްވައިފި އެވެ.

އަޝްރަފް ޢަލީ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން 2016 ވަނަ އަހަރު މާސްޓާސް ޑިގްރީ އިން ލެންގުއޭޖެ އެންޑް ކަލްޗަރ ހާޞިލްކުރައްވާފަ އެވެ.

މި މަޤާމަށް ޢައްޔަން ކުރެއްވުމުގެ ކުރިން އަޝްރަފް ޢަލީ ވަނީ އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް އާޓްސް އެންޑް ކަލްޗަރގެ ޑީންގެ މަޤާމާއި، އަލިމަސް އެކަޑެމީގެ ރައީސްގެ މަޤާމާއި، ދިވެހި ބަހުގެ އެކަޑެމީގެ ރައީސްގެ މަޤާމު ފަދަ މަޤާމުތައް ފުރުއްވާފަ އެވެ.

މީގެ އިތުރުން އަޝްރަފް ޢަލީއަށް ވަނީ ސާކް ލިޓްރަރީ އެވޯޑް 2019 ވަނަ އަހަރު ލިބިވަޑައިގަންނަވާފަ އެވެ.