Last Updated: October 1, 14:18
Sunday, October 1, 2023
ޚަބަރު

ހުޅުމާލޭގައި ހިލޭ ކަސްރަތު ޕްރޮގްރާމްތަކެއް ހިންގަނީ

އެޗްޑީސީ އާއި ރިދަމް ފިޓްނަސް ދެމެދު އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި އުމުރުން ދޮށީ ފަރާތްތަކަށް ކަސްރަތު ޕްރޮގްރާމެއް ހިންގުމަށް އެޗްޑީސީ އަދި ރިދަމް ފިޓްނަސް ގްރޫޕުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ބުނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ގިނަ މަސައްކަތަކެއް އެކުންފުނިން ކުރަމުންދާ ކަމަށެވެ. ރިދަމް އާއި ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް ކުރިއަށް ގެންދާނީ އުމުރުން ދުވަސްވީ އަންހެނުންނަށެވެ.

އެޗްޑީސީގެ ފަރާތުން މި ޕްރޮގްރާމް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އާތިފެވެ. އަދި ރިދަމް ފިޓްނަސްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ވެރިޔާ އަޒީރާ ސޯދިގެވެ.

މި އެއްބަސްވުމުގެ ދަށުން އުމުރުން ދުވަސްވީ އަންހެނުންނަށް ހިލޭ ކްލާސްތަކެއް ރިދަމް ފިޓްނަސްއިން ހިންގައި ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ޕްރޮގްރާމާ ބެހޭ މައުލޫމާތު ރިދަމް ފިޓްނަސްގެ އިންސްޓަގްރާމް ޕޭޖުން ލިބޭނެއެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް އެޗްޑީސީން ގިނަ މަސައްކަތަކެއް ކުރެއެވެ. އެގޮތުން އުމުރުން ދުވަސްވީ ފަރާތްތަކަށް ހާއްސަކޮށްގެން މީގެ ކުރީންވެސް ޕްރޮގްރާމް ތަކެއް ވަނީ ހިންގާފައެވެ.