Last Updated: March 28, 21:55
Thursday, March 28, 2024
ރިޕޯޓް

ހަތަރު އަހަރު: 15،000 ދަރިވަރުންނަށް ހިލޭ ޑިގްރީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް 4 އަހަރު ފުރިގެންދާ އިރު އެންމެ ބޮޑު ހިތް ހަމަޖެހުމެއް ލިބިފައި ވަނީ ހިލޭ މަތީ ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންނެވެ.

ހަލަބޮލި ސިޔާސީ ދުވަސްތަކަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ރައީސްގެ މަގާމާއި ހަވާލުވެވަޑައިގެންނެވި އިރު އެންމެ ބޮޑު ވައުދެއްވީ އެއް ބަޔަކީ މަތީ ތައުލީމުގެ ފުރުސަތަށް އެދި އެދި ދިވެހި ދަރިންނަށެވެ. އަމިއްލަ ރަށުގައި، މައިބަފައިން ގާތު ތިބެ ހިލޭ ޑިގްރީ އަށް ކިޔެވޭނެ ފުރުސަތު ހޯދައިދިނުމުގެ ވައުދެވެ.

ކޮވިޑުގެ އާލަމީ ވަބާގައި ގައުމު ޖެހި މުޅި ގައުމު ހުއްޓުނު އިރުވެސް ބަދަލެއް ނެތި މަތޯ ތައުލީމު އުނގެނުމަށް ފެންބޮވައިގެންފައި ތިބި ދިވެހި ދަރިންނަށް އައީ ފުރުސަތު ފަހިވަމުންނެވެ. އެމަނިކުފާންގެ އެންމެ ބޮޑު އަމާޒަކީ ތައުލިމީ ގާބިލް ޒުވާން ޖީލެއް ބިނާ ކުރެއްވުމެވެ. ދިވެހި ގައުމަށް މިފަދަ އެއްވެސް ފުރުސަތެއް އެއްވެސް ވެރިކަމެއްގައި ގެނެސްދީފައި ނުވެއެވެ.

ހިލޭ ޑިގްރީއަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި މިހާތަނަށް 5000 އަށް ވުރެ ގިނަ ދަރުވަރުން ވަނީ ޑިގްރީ ހާސިލްކޮށްފައެވެ. މީގެ ތެރޭގައި ރާއްޖެ އާއި ރާއްޖެއިން ބޭރުން ޑިގްރީ ހާސިލް ކުރި ދަރިވަރުން ހިމެނެއެވެ. މިހާރުވެސް 9000 އަށް ވުރެ ގިނަ ދަރުވަރުން ދަނީ ހިލޭ ޑިގްރީއަށް ކިޔަވަމުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދަރިވަރުންގެ އެންމެ ބޮޑު ހިތް ހަމަޖެހުމަކީ ވަޒީފާ އަދާ ކުރަމުން ތަކްލީފެއް ނެތި ޑިގްރީ ކިޔެވޭތީއެވެ. ބައެއް ދަރިވަރުން ބުނާ ގޮތުން މިއީ އެކުދިން ދުވަހަކުވެސް އުއްމީދު ކުރި ކަމެއް ނޫނެވެ. ހާއްސަކޮށް މީގެ ކުރިން އަމިއްލަ ހަރަދުގައި ލޯނު ނަގައިގެން ކިޔަވަމުން ދިޔަ ދަރިވަރުން ވަނީ އެކުދިންގެ ތަޖްރިބާ ހިއްސާކޮށްފައެވެ.

އެގޮތުން ބިޒްނަސް ދާއިރާއިން ކިޔަވަމުން އަންނަ އާމިނަތު އަޒުހާއަށް މީގެ ކުރިން އެންމެ ބޮޑު ކަންބޮޑުވުމަކީ މަހުން މަހަށް ކޯހަށް ދައްކަން ޖެހޭ ފައިސާ ހަމަނުޖެހުމެވެ. ކިޔަވަމުން ޕާޓްޓައިމް ވަޒީފާ އަދާ ކުރި ނަމަވެސް ކޯސް ފީ ދެއްކޭ ގޮތެއް ނެތެވެ. އެހެންވެ އޭނާ ކިޔަވަން ދައްދަ ޖެހުނީ ލޯނެއް ނަގައިދޭށެވެ. އޭގެ ނަތީޖާއަކަށްވީ ކިޔެވުން އިތުރަށް ބާރު ބޮޑުވީއެވެ. އިމްތިހާންތަކަށް ބަރާބަރަށް ސަމާލުކަމެއް ނުދެވެއެވެ. ނަމަވެސް މިއަދު އޭނާ ދަނީ ސަރުކާރުގެ ހިލޭ ޑިގްރީ ކޯހުގައި ބައިވެރިވެ ކޯސް ނިންމައި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒިފާގައެވެ. ކުރިނމް ކިޔަވަން ދައްތަ މެދުބެރިކޮށް ނެގި ލޯނު މިހާރު ދައްކާ ހަލާސް ކުރީ ޑިގްރީ އާއި އެކިު ލިބުނު ވަޒީފާގެ ބޮޑު މުސާރައިންނެވެ.

މިފަދަ އެތައް ދަރިންނެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އިރު ސަރުކާރުގެ ވިސްނުން އަދިވެސް ހުރީ ގިނަ ދަރިވަރުންނަށް ތައުލީމު ދިނުމަށެވެ. ރަނގަޅު ޖީލެއް ގައުމެއް ބިނާ ކުރެވެން އޮތީ ރަނގަޅު ތައުލީމެއް ދެވިގެންނެވެ. އެކަން ރައީސް ސޯލިހުއަށް ވަރަށް ރަނގަޅަށް އެގިވަޑައިގަންނަވައެވެ.

ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ގައުމު ބިނާކުރަން ތައުލީމީ ގާބިލު ދަރިންތަކެއް އުފެއްދުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ދާދިފަހުން ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ
ސްޓޫޑެންޓް ލޯނުގެ ދަށުން މި ސަރުކާރުން މިހާތަނަށް 1،986 ދަރިވަރަކަށް ފުރުޞަތު ދީފައިވާއިރު 20 ޤައުމެއްގެ ތަފާތު ޔުނިވަރސިޓީތަކުގައި ތަފާތު ސްކޮލަރޝިޕްތަކުގައި ކިޔެވުމުގެ ފުރުޞަތު 468 ދަރިވަރަކަށް ފަހިކޮށްދީފައިވާނެ ކަމަށެވެ.

މިފަދަ ކިތަންމެ ފުރުޞަތުތައް ދަރިވަރުންގެ ކުރިމަތީގައި ހުރިކަން ފާހަގަކުރައްވަމުން ރައީސް ވަނީ ދަރިވަރުންގެ ފޮނި އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށްޓަކައި، ކޮށްދެވެން އޮތް ކޮންމެ ކަމެއް އެންމެ ފުރިހަމައަށް ކޮށްދިނުމަށް ސަރުކާރު ތައްޔާރަށް އޮތް ކަމަށްވެސް ވިދާޅުވެފަ އެވެ.