Last Updated: July 12, 05:49
Saturday, July 12, 2025
މުނިފޫހިފިލުވުން

ޓޮމް އާއި ޒެންޑާޔާ ކައިވެނި ކުރަނީ

ރައްޓެހިވެގެން އުޅޭތާ އަހަރެއްހާ ދުވަސްވެފައިވާ ހޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ޓޮމް ހޮލަންޑާއި ޒެންޑާޔާ ވަރަށް އަވަހަށް ކައިވެނިކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ދެ ތަރިން މިހާރު އެ މީހުންނާ ގުޅުމާ މެދު ވަރަށް ސީރިއަސް ކަމަށާއި އެހެންވެ މިހާރު ވެސް ކައިވެނީގެ ޕްލޭންތައް ކުރިއަށްދާ ކަމަށެވެ. އަދި މާ ލަސްތަކެއް ނުވެ ޓޮމް، 26، އާއި ޒެންޑާޔާ، 26، ގެ ކައިވެނި ފެނިގެން ހިނގައިދާނެ ކަމަށް މީޑިއާތަކުން ބުންޏެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން ދެ ތަރިން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ވަރަށް ފަހުން ދިން އިންޓަވިއުއެއްގައި ޓޮމް ބުނީ ކައިވެނިކޮށް ދަރިން ހޯދުމަކީ ވަރަށް ބޮޑު ޕްލޭނެއް ކަމަށެވެ.

ޓޮމް އާއި ޒެންޑާޔާ ވަނީ "ސްޕައިޑަ-މޭން" ގެ ތިން ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް" އާއި 2019 ގެ "ފާ ފްރޮމް ހޯމް" ގެ އިތުރުން 2017 ގެ "ހޯމްކަމިން" އެވެ.

އަރަމުން އަންނަ އެމެރިކާގެ ބަތަލާ ޒެންޑާޔާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ޗެލެންޖާސް" އާއި "ޑޫން: ޕާޓް ޓޫ" ހިމެނެ އެވެ. މި އަހަރުގެ ފެބްރުއަރީގައި ގެނެސްދިން "އަންޗާޓާޑް" ގެ އިނގިރޭސި ބަތަލު ޓޮމްގެ ކުރިއަށް އޮތް ޕްރޮޖެކްޓަކީ އެމެރިކާގެ ކުރީގެ ފަންނާނު ފްރެޑް އެސްޓެއާގެ ބައޮގްރަފިކަލް ޑްރާމާ އެވެ.