Last Updated: May 30, 17:55
Tuesday, May 30, 2023
ޚަބަރު

ދިވެހި ފުލުސް މީހާ އިންޓަޕޯލާ ގުޅެން ތައްޔާރު

އިންޓަޕޯލްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނު ފުރަތަމަ ދިވެހި ފުލުސް އޮފިސަރު އެ ޒިންމާތަކާ އަންނަ މަހު ހަވާލުވާން ތައްޔާރުވެއްޖެ އެވެ.

އަންނަ މަހުގެ 1 އިން ފެށިގެން ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް ރިލުވާން ޝަރީފް މަސައްކަތް ކުުރައްވަން ފައްޓަވާތީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވަނީ އޭނާ އަށް ވަރަށް ބޮޑަށް މަރުހަބާ ވެސް ވިދާޅުފަ އެވެ. މިއަދު ރިލްވާނަށް ވަނި އެކަމުގެ ރަސްމީ ލިޔުން ވެސް ހަވާލުކޮށްފަ އެވެ.

އަންނަ މަހުގެ 1 އިން ފެށިގެން ރިލްވާން ތިން އަހަރުގެ މުއްދަތަކަށް މަސައްކަތްކުރައްވާނީ ފްރާންސްގެ ލިއޯންގައި ހުންނަ އިންޓަޕޯލްގެ ފައިނޭންޝަލް އެންޑް އެންޓި-ކޮރަޕްޝަން ސެންޓަރުގަ އެވެ. އެތަނުގައި މަސައްކަތްކިރުމުގެ ފުރުސަތު ދިވެހި ފުލުހަކަށް ފުރަތަމަ ފަހަރަށް ލިބުނު ވާހަކަ ފުލުހުން އިއުލާންކުރީ މިދިޔަ މަހުގެ 18 ގަ އެވެ.

ސީޕީ ވިދާޅުވެފައިވާ ގޮތުގައި އިންޓަޕޯލް ހެޑްކުއާޓަރުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިވެހި ފުލުހަކަށް ލިބިގެން ދިއުމަކީ ކުށްކުރުމާ ދެކޮޅަށް ދިވެހި ފުލުހުން ކުރަމުން އަންނަ މަސައްކަތް ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ފާހަގަ ކުރެވޭ ކަމެއް ކަމަށެވެ. އަދި މިއީ ދިވެހި ފުލުހުންގެ ގާބިލުކަން އިތުރު ކުރުމަށް ވެސް ފަހިވި ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.