Last Updated: July 27, 10:26
Saturday, July 27, 2024
ދުނިޔެ

މެލޭޝިއާގެ ބޮޑުވަޒީރަކަށް އަންވަރު

މެލޭޝިއާގެ އާ ބޮޑުވަޒީރަކަށް އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމް ހުވާކުރައްވައިފި އެވެ.

އޭނާ އެ މަގާމަށް މިއަދު އައްޔަންކުރެއްވީ ރަސްގެފާނު ސުލްތާން އަބްދުﷲ އެވެ. އަންވަރަކީ އޭޝިއާގެ އެންމެ ކުރިއަރާފައިވާ އެއް ގައުމުގެ ގޮތުގައި ފާހަގަކޮށްލެވޭ މެލޭޝިއާގެ 10 ވަނަ ބޮޑުވަޒީރެވެ.

އެ ގައުމުގެ ނުފޫޒު ގަދަ ސިޔާސީ ޝަހުސިއްޔަތެއްގެ ގޮތުގައި ފާހަގަކުރެވޭ 75 އަހަރުގެ އަންވަރު ބޮޑުވަޒީރަކަށް އައްޔަންކުރެއްވީ، ހޮނިހިރު ބޭއްވި އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް ސަރުކާރެއް އަޢުލަބިއްޔަތު ނުލިބި، ސަރުކާރު "މަރުތަޅު" އެޅުވިފައި ވަނިކޮށެވެ. އެކަމަކު އެ އިންތިހާބަކީ އަންވަރުގެ ޕާޓީ، ޕަކަޓާން ހަރަޕަން ޕީއެޗް) ގެ ގާނޫނު ހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީ އެވެ. އެކަމަކު ސަރުކާރެއް އުފެއްދޭ ވަރަށް ގޮނޑި ލިބިފައެއް ނުވެ އެވެ.

އިންތިހާބުގައި އަންވަރާ އެކީ ކުރީގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީން ވެސް ވާދަކުރެއްވި އެވެ.

އަންވަރު ބޮޑުވަޒީރުކަމުގެ ހުވާކުރެއްވި ނަމަވެސް ކޯލިޝަނެއްގެ ސުވާލު އޮތީ އުފެދިފަ އެވެ. އޭނަ ކޯލިޝަނެއް ހައްދަވާނެތޯ ނޫނީ މައިނޯރިޓީ ސަރުކާރެއްގެ ދެމިއޮންނާނީތޯ ނޫނީ މައި ޕާޓީތަކާ ގުޅިގެން އެއްބައިވަންތަކަމުގެ ސަރުކާރަކަށް މަސައްކަތް ކުރައްވާނީތޯ ސާފެއް ނުވެ އެވެ.