Last Updated: April 26, 10:52
Friday, April 26, 2024
ރިޕޯޓް

ގެއްލުނު ހާޒިރީ: އިގުބާލާ އެކީ ޓޫރިޒަމްގެ ރެކޯޑެއް

ޖެނެރަލް މެނޭޖަރު އިބުރާހިމް އިގްބާލް ,މަސައްކަތުގެ ހިންހަމަޖެހުން ބޮޑު .

ގ. ފިޔަލަ އިބްރާހިމް އިޤްބާލް 1976 ގައި ފުރަތަމަ ރިސޯރޓް މަސައްކަތާ ގުޅުނީ ، ސްކޫލް ޗުއްޓީ އެއީ ސީޒަންތެރެ ކަމުން ޑިސެމްބަރ ޖެނުއަރީގެ އަހަރީ ޗުއްޓީއާ ދިމާވުމާ ވަޒީފާގެ ހިންހަމަޖެހުން ބޮޑު. އެލް އެޗް ލިޓްލް ހުރާ 8 ކޮޓަރި އޭރު ހުންނަނީ އޭރު ސުކޫލް ޗުއްޓީ ދުވަސް ވަރު މަސައްކަތް ކުރުން އެއީ ޓުރެންޑެއް. ރަސްމީކޮށް ފުލްޓައިމް ވަޒީފާއާ ގުޅުނީ ޖެހިގެން އައި އަހަރު 1977 ގައި.

އޭރު އެލް އެޗްގައި ހުންނަނީ 8 ކޮޓަރި ، ވަރަށް އާދައިގެ ރާނާ އުވަ ޖަހާފަ ފާޚާނާގަ ކޮންމެސް ވަރަކައް މުށި ހުންނާނެ،
ކޮޓަރީގަ އޮންނާނީ ތަޅުން، ބޭރުގަ ވެރެންޑާ ކޮޅެއް އިންނާނެ ދޮންވެލި ލާފަ އެއީ އޭރުގެ އެންމެ ސަޅި ކޮޓަރި މުޅިދުވަހާ ރޭގަންޑު އެއްކޮން ކަރަންޓެއް ނޯއްނާނެ. އެޒަމާނުގަ އެންމެ ދަތިއެއްކަމަކީ ފެން ޖެހިގެންއޮއްނަ ބޮޑު ހުރާއިން ތާނގީއަށް އަޅައިގެން ގެނެސް ރޭގަނޑު އަތުޕަންޕަކުން އޯވަރހެޑް ޓޭނކަކައް އަޅައިގެން ގެސްޓުންގެ ފާހާނާތަކަށާ އިސްކުރުތަކައް ބޭނުން ކުރަނީ މެނޭޖަރަކައް ހުންނަނީ މާބަނޑޭރި ޝިޔާމް ، އެދުވަސް ވަރު ކޮޓަރި އިތުރުކުރުމުގެ މަސައްކަތުގަ އުޅެމުން ދިޔައީ ޖެހުނު ހުރިހާ މަސައްކަތެއް ކުރަމުން ރެސްޓޯރަންޓް ބާރ ގެ ވެއިޓަރ ކަންވެސް ކުރިން ، އެވަގުތަކާ ފުށުއަރާ ކަމަކާ އުޅެމުން ދުވަސް ނިމިގެންދާނެ.

1978 ގައި ވެރިކަން ބަދަލުވެގެން ދިޔަދިއުން ވަރަށްގިނަ ރިސޯރޓް މެނޭޖްމަންޓްތަކަށް އަސަރުފޯރި ، އެގޮތުން ލިޓްލް ހުރާ އަށްވެސް އެކަންތައް ލައްވާލި، އެ ހަލަބޮލި ކަމުގެތެރޭ ކުރުނބާއަށް ބަދަލުވީ ، އަނެއްބަޔަކު ދިޔައީ މީރުފެންފުއްޓަށް ، ކުރުނބާއިން މަސައްކަތްފެށީ ސީދާ ބާރ އިން، އޭރު މުޅި ރަށުގައިވެސް މެންދުރަށް އަޅާލީމަ ދެންއޮންނާނީ އެންމެ ހެޕަނިންގ ތާކަށް ބާރ ކޮފީ ޝޮޕް އިންނާނީ ޖެހިގެން، ކޮފީސޮޕްގެ ވެރިޔަކަށް ހުންނާނީ ސ. ފޭދޫ ޙަސަންކަލޯ، ޖާނުން ބޮޑު މުލައްދަނޑީގަވެސް ބާރުހުންނަ ވަރަށް ރަނގަޅު މަސައްކަތާ ގުޅުމާ ގާތްކަން އޮވޭ ، ކޮފީ ޝޮޕުން ލިބޭނީ ކޭކާ ސޭންޑްވިޗް ، ލުއިކާނާ އަދި ބައެއްކަހަލަ ބުއިން އެދުވަސް ވަރުގެ އެންމެރަނގަޅު ކޮފީޟޮޕް.

70ގެ ތެރޭ ލިޓުލް ހުރާ

ހަނދާން ވަނީ މުޅި ރިސޯރޓްގަ އޭރު ހުންނަނީ 80 ކޮޓަރި، 50 މުވައްޒަފުންވަރު އުޅޭނީ.

ޖެނެރަލް މެނޭޖަރަކީ ޗަމްޕާ ހުސެން ޢަފީފް ، ރިސޯރޓް މެނޭޖަރަކީ މަނިކު (ހެމްބަދޫ) ، ވަޙީދުއްދީން އެއީ އޭރު ހުރިހާ ގެސްޓުން ރިސީވް ކޮށް ފުރުވާ ހަދާ ގައިޑް އެއަރޕޯރޓުން ދިއުމާ ގެސްޓުން ރިސީވް ކުރުމާ ފުރުވުމާ ވަރަށް ގިނައިން ގެސްޓުނގެ އެކިކަހަލަ ކަންތައްތައް ދިމާވާނެ ވަރައް އުނދަގޫ ކޮއް އޭރުގެ ދަތުރު ފަތުރު އޮއްނާނީ ބައިވަރުކަންތައް ދިމާވޭ ހުރިހާ ކަމެއްގެ ނިމުން އެއީ ރިސޯރޓައްއައިސް މޫދުގަ ޖެހިލާފަ ތެމިގެން ބާރއައް އައިސް ޑުރިންކު އޯޑަރު ސާރވް ކޮއް ނިމޭއިރު ގެސްޓުމީހާކުރާނެ އިތުރުޟަކުވާއެއް ނޯއްނަހާ ހަމަޖެހިފައި ތިބޭނީ އެއީތާ ދުވަހުގެ އުފަލަކީ .

ހުރިހާ ގެސްޓުންހެން އިރުއޮއްސުމައް ފަހު ކައިނިމިގެން ދިގުކޮއް ތިބޭނީ ބާރގަ އޭރުގެ ބޮޑުހިދުމަތަކީ ގުދުރަތީނަލަކަން ކޮންޕުލޭން ކުރާނެމާގިނަ ކަންތަކެއް ނުހުރޭ ޓުއަރިސްޓުއްނައް އެޒަމާން މާބޮޑައް އެންގޭ.

އިންފޮމޭށަން ދިނުމާ ގިނަވަގުތު އެންމެން ވެސްތިބޭނީ ބާރގަ އައުޓްޑޯވަރައް ހިއްގައިމުވާނެ ގޮނޑިތަކުގަ ޖައްސާލައިގެން ދޮންވެލިގަނޑައް ފައިކޮއްޕާ ލައިގެން މޫދު ފެނުމުގެ ހިންހަމަޖެހުން ބޮޑުވާނެ އެއީ ވަރައް ދިގުކޮއް ބުއިމާ އެކީ ދެއްކޭ ގިނަ ވާހަކަ.

ރާއްޖޭގެ ބެސްޓު އޮކިއުޕެންސީ ޖެހިޖެހިގެން 3 އަހަރު މިރިހި ރިސޯރޓައްލިބުނު
ރިސޯރޓުގެ ޖެނެރަލް މެނޭޖަރް އިބުރާހިމް އިގްބާލް .

އިންފޮމޭޝަން ވެސް އޮއްނާނީ ބާގައި އެގޮތުން ވަރަށް ، ގާތްކޮށް ޑީން ވެސް އުޅޭނީ ، މާ ގިނަ ދުވަހެއްނުވެ ވަޙީއްދީން އަށް ފައިނޭންސް މިނިސްޓުރީއިން ބަނޑޮސް ހިންގަން ހަވާލުކުރުމާ ގުޅިގެން ވަހީދުއްދީނގެ އެދިލެއްވުމަކައް ބަނޑޮ ހަށް ބަދަލުވީ މާގިނަދުވަސް ތަކެއްނުވެ ވަހީދުއްދީންގެ އަމިއްލަތާކައް ބަންޑޮސް ބަދަލުވެގެން ދިއައީ އޭގެފަހުން ބަންޑޮސް އެއީ ވަހީދުއްދީން ގެ އަމިއްލަރިސޯރޓެއްގެގޮތުގަ ބަދަލުތަކަކާއެކު ހިންގަންފެށީ.

1980 ވަނައަހަރު ބަންޑޮސް ރެސްޓޯރަންޓް މެނޭޖަރ އަދި އެފް އެން ބީ ހުރިހާކަމަކާ ހަވާލުވެގެން ބަނޑޮހުގެ މަސައްކަތް ފެށިގެންދިޔައީ ، އޭރު ބަނޑުހެގެ ކޮފީޟޮޕް އެއީ 24 ގަޑި އިރު ރޫމްސަރވިސް ހިދުމަތް ދޭތަނެއް އަދިހަމަ އިންޑިއަން އެއާރލައިންސްގެ ކޭޓަރިނގް ފޯރުކޮއްދޭނީ ވެސް ބަންޑޮސް ބަދިގެއިން އެދުވަހެއްގެ ޕެސެންޖަރުންގެ އަދަދަކައް އެދުވަހަކު އެއަރޕޯޓައް ޑެލިވަރ ކުރާނީ އަދުގެ ނަމުއްނަމަ އިންފުލައިޓް ކޭޓަރިނގް. 110 ކޮޓަރި ކަމައް ހަނދާންވަނީ 80 ވަރަކަށް މުވައްޒަފުން އުޅޭ

މިރިހި ފަރައް ޑައިވިން ރެކްއެއް ހެދުމައް ބޯޓު ފެއްތުމުގެ ތެރޭން … އަގުނުކުރެވޭ ވަރުގެ ބޮޑެތި ހިދުމަތް .

ހެންވޭރުގޭ ޙަބީބް މެނޭޖަރަކަށް ހުންނަނީ ސީނިއަރ ސްޓާފުންތެރޭ ސިއްކަ އަބްލޯ ރަޟީދު ބާގިރު ނައީމް (ހުދުވެލި) ބުޟްރީ ޕެރިސް ނަސީމް ، ޖަލީލް ، އެންމެންގެ ގާތްކަން ވަރައް ބޮޑު ވާނެ އޭރު %99 އެއީ ދިވެހިއްނޭވެސް ބުނެވިދާނެ
ބަނޑޮ ހަކީ ވަރައް ގިނަކުޅިވަރު ތައްކުޅުމުގެ ފޯރި ގަދަރަށެއް ހާއްސަކޮއް ފުޓޯޅަ އޭރުގެ އައްޑޫގެ މަޞްހޫރު އޭސްއޭ ޑީއެންސީ ލަބީބުމެން ސޯލިހުމެން ފަދަ މަޟްހޫރު ބައެއްކުޅުން ތެރިން ބަނޑޮހުގެ ވަޒީފާގައި ތިބިކަމީ އަސްލުފު ޓުބޯޅައިގެ ފޯރިގަދަވުމުގެ އެށް ސަބަބު ކަމުގައިވެގެންދިއަ.

ބަނޑޮހުގަ ވަރަށް ހަނދާންވާ އެއްކަމެއް ގެސްޓު ފިހާރަބަރި އަހައްމާ މައުސޫމް އަބްރާހިމް ރަޟީދު މެން ވެސް ސޮޕް ވިއަފާރީގަ އަވަދިނެތި އުޅުނު ދުވަސް ވަރު ކަމުން ޝޮޕްތަކުގެ ވިޔަފާރި ވަރައް ހިންގުންތެރި ރަނގަޅު ޒަމާނެއް ސުވެނިއަރގސްގެ ރަންޒަމާން.

އިބުރާހިމް އިގްބާލުގެ މެނޭޖުމަންޓު ކުޅިވަރުގެ ކާމިއާބާ މުއަށްޒިފުންގެ ހިންަމަޖެހުންބޮޑު ? ނަތީޖާ އެހާމެ ފޮނި .

ބަންޑޮހަކީ ވަރައް ގިނަމުއައްޒަފުން ހާއްސަކޮއް ވަކިން މުއައްޒަފުން އާއިލާތަކާ ދުރުގަ ސުޓާފުންގެ ބުލޮކް ހަދައިގެން ރާއްޖޭގައި މުޅިންހެން އަލައް އުޅެން ފެށިޒަމާން އެގޮތުން މުއައްޒަފުންގެ އެކިކަހަލަކުޅިވަރުތައް އަބަދުވެސް ހިންގަމުންގެންދޭ އާއިލީ ގުޅުން ވަރައް ބޮޑައް ދަމަހައްޓަން ސީނިއަރ ސުޓާފުންގެ އިސްނެގުން ވަރައް ބޮޑައް އޮވޭ.

އޭރު ރާއްޖެ އައްނަމުން ދިއައީ މަދުގައުމެއްގެ ޓުއަރިސްޓުން އަށްނަނީ ޖަރުމަން މީހުން ގިނައިން މަދުން އިނގިރޭސިން އިޓަލީވެސް ކޮންމެސްވަރަކައް އުޅޭ ޖަޕާން ވެސް ދުވަސްކޮޅެއް ތެރޭ މަޑުމަޑުން އިތުރުވަމުން ދިއައީ. އޭރުމުޅިންހެން ގޮތަކައް ސަރވިސް ދާއިރާތަކުން ފެނިގެން ދާނީ އައްޑޫމީހުއްނޭ ބުނުން އެއި ދޮގަކައްނުވާނެ އައްޑޫބަސް އެއީ އާއްމުކޮއް ރަށުތެރޭ ރިސޯރޓް ބަހުރުވައޭ ބުނެވިދާނެ.

1984 ގައި އިހުރު ރިސޯރޓް އޮސްޓްރޭލިއާ ބަޔަކު މެނޭޖްމަންޓާ ހަވާލުވެގެން އިހުރައް ބަދަލުވީ އެއީ ރިސޯރޓް މެނޭޖަރަކަށް.

80 ރިސޯރޓު ދުވަސްވަރު ވަހީދުއްދީން އާއި އިގްބާލް

ބޭރު އޮސްޓުރޭލިއަން އޯވނަރުން ފެމިލީވެސް ރަށުގައި ވަރަށްގިނައިން އުޅޭނެ 80 ކޮޓަރިއާއެކު އެއީ ވަރަށް ރީތި ވަށައިގެން ބީޗް އޮއްނަ މޫދަށް ބާރ އެއްއަޅާފަ އޮށްނަ ނަލަ ރަށެއް ، މިޒަމާނަކު އެކަހަލަރައްރަށެއް ނުހުރޭ ! ގެސްޓުން ގިނައިން އުޅެނީ ޖަރމަން މީހުން، މަދުން އިނގިރޭސީންވެސް އައިސްއުޅޭ ، އެރަށުންވެސް ގިނަތަޖުރިބާ ތަކެއް ލިބިގެން ދިއަ ކޮންމެދުވަހަކީވެސް މަސައްކަތުގެ ކުރިއެރުން ލިބޭ އަދި ބޭރުމީިހުންގެ ތަޖުރިބާވެސް ނަގައިގަނެވެމުން އިންޑަސްޓުރީ އައްނަމުން ދިއަބަދަލްތައް ވަރައްބޮޑައް އޮޅުންފިލަމުން ދަސްކުރަމުން ޓުއަރިސްޓު މީހާގެ ޗުއްޓީގެ މުހިއްމުކަން މުއައްޒަފުއްނައް އޮޅުން ފިލަމުން ދިއަދުވަސްވަރު .

އިހުރު 5 އަހަރުގެ ކޮންޓުރެކްޓެއްގަ ބޭރުމީހުއްނައް ލިބުނީ ، އަނެއްހެން މަދުދުވަސް ކޮޅެއް ރިސޯރޓެއް ހިންގުމައް ބަލާއިރު އެގޮތުން މުއްދަތު ހަމަވުމުންކޮންޓުރެކްޓު އާނުކުރުމުން އެހެން ރަށަކައް ބަދަލުވުމުގެ ވިސްނުން ގެންގުޅުނީ އޭރު އަރިއަތޮޅަކީ ރިސޯރޓުތައް ވަރައްމަދު ހަނދާން ވަނީ ދެތިން ރިސޯރޓެއް އަރި އަތޮޅުގަ ހިނގަމުންދަނީ އެގޮތުން އަރިއަތޮޅު މިރިހި ރިސޯރޓާ ގުޅުން ވެގެން ދިއައީ އަލައް ޖެނެރަލް ނެނޭޖަރެއްގެ މަސައްކަތް ފަށައި ގަން ރިސޯރޓުގެގޮތުގާ އެދުވަސްވަރު އަރިއަތޮޅު މިރިހި ހަދަން ފަށައިގެން ނިމުމާ ވަރައް ގާތްކޮށް އުޅެނީ ، އެގޮތުން 1989 ގައި މިރިއްސަށް ދެވުނުގޮތަކީ އާއިލީ ގާތް ކަމެއް އޮތުމާ ރަށުގެ އަސްލު އިންވެސްޓަރުއްނަކީ އޮސޓުރިއާ ފެމެލީއެއް އެމީހުއްނަކީ ހޮޓެލިއާރސް އޮސްޓުރިއާގަ ތިން ހޮޓަލެއް އޭރުވެސް ހިންގަމުން ގެންދޭ އިންޑަސްޓުރީ ގެ ތަޖުރިބާ ހުރި ދައްނަބަޔަކާއެކު މަސައްކަތް ކުރުމުގެ ފަސޭހަކަން ބޮޑު.

މިރިއްސައް އެރިއިރު ފިނިޝިންގް މަސައްކައް އޮތީ ނިމުމުގެ މަގުމަތީ އެގޮތުން ފަށައިގަތީ މުވައްޒަފުން ނެގުމާ ، މެނޭޖްމަންޓް ސެޓަޕްކޮށް ހިންގަން ބޭނުންވާނެ ހުރިހާ ކަމެއް ރާވައި ތަރުތީބުކޮއް ހިންގުމާ ހުޅުވުމުގެ މަސައްކަތް ވަރަށް ބުރަކޮށް ދިޔައީ ، ރިސޯރޓް ޖެނެރަލް މެނޭޖަރެއްގެ ގޮތުގައި ޙަވާލުވުމުން ވަރަށް ރަނގަޅު ސިސްޓަމް އަކަށް ފަށައިގަނެވުނީ ، ގާތްގަނޑަކަށް މުޅިންހެން ދިވެހިން ލައިގެން މަސައްކަތް ކުރުމުގެ ވިސްނުން އިސްކުރީ ސާރވިސް ދާއިރާގަ އެންމެންހެންގޮތަކައް އުޅުނީ އައްޑޫ މީހުން( މަރަދޫ ފޭދޫ މީހުންގިނަ ) އެމީ ހުއްނާ ދޭތެރޭ ޔަގީންކަމާ ހިއްހަމަޖެހުން ބޮޑޭ ބުނެވޭނީ .
ބޭރު އޯނަރުން ވަރައް ޕުރޮފެށަނަލް ޖީއެމް ގެ ޒިންމާ އޮއްނަނީ ޖީއެމްގެ މަސްއޫލިއަތެއްގެގޮތުގަ އޯނަރުންގެ މޫޑާ ތަން ހިންގުމާ ފުށުއެރުމެއް ނޯވޭ.

މިރިހި ރިސޯރޓު , ގެސްޓުންގެ ހިންހަމަޖެހުން ….ގެސްޓުއްނާ ގާތްކަންބޮޑު.

ނަތީޖާވެސް ފޮނި ، ރާއްޖޭގެ 3 އަހަރުގެ ބެސްޓް އޮކިއުޕެންސީ މިރިހި ރިސޯރޓަށް ލިބުނު ، އެއީ މެނޭޖްމަންޓް މިބުނީ މުވައްޒަފުންގެ ގުޅުމާ ގާތްކަމާ އިތުބާރު އެކަކު އަނެކަކަށް އެހީތެރަވުމުގެ ނަތީޖާ ، ގެސްޓުންގެ ހިތްހަމަޖެހުމަކީ މުއައްޒަފުންގެ އެކުވެރިކަމާ ހިނިތުންވުން އެއީ ޖެނެރަލް މެނޭޖަރެއްގެ ގޮތުން އަހަރެން އެންމެ އިސްކަންދޭކަމަކީ އެކަން އޮކިއުޕެންސީން އަބަދުހެން ފެނޭ ، ރަށް ފުލްކޮށް މުޅި އަހަރު ގެންގުޅެވޭ %70 ގެސްޓުން އެއީ އޮސްޓުރިއަން ގެސްޓުން ރަންގަޅު ފަނތީގެ ގެސްޓުން. ހިންހަމަޖެހިގެން ގިނަބައެެއްގެ ވެރިއަކައް ގާތް އެކުވެރިއެއްހެން މަސައްކަތް ކުރެވުނު ކަމުގެ ހިއްހަމަޖެހުން އަބަދުވެސް ލިބުނު.

2001 މިރިހި ވިއްކާލުމާ ހަމައައިން ޓުއަރިޒަމްގެ މަސައްކަތް ނިންމާލީ ކުރުކޮއް ބުނަންނާ އިންޑަސްޓުރީން ރިޓައަރ ކުރީ އެވެސް ރީތިކޮއް ކުރަން ޖެހޭކަމެއްތާ ދޯ! އިތުރައް މަސއްކަތާގެންކުރިއައް ނުދިއުމުގެ ރީތި ރަންގަޅުސަބަބުތަކެއް ހުރި ! މިރިހީގެ ޖެނެރަލް މެނޭޖަރެއްގެ މަސައްކަތް ކުރީ ވަރައް ކަމާ ވެގެން ޕެޟަންޢާއކު އޭރުގިނަރިސޯރޓު ތައް ހިނގީ ވަރައްބޮޑައް މާލޭއޮފީސް ވެގެން މިރިހަ ވާނެ އެންމެ ފުރަތަމަ އެއް ބަޔަކައް މުޅިއޮޕަރޭޟަން ރިސޯރޓުން ކުރަންފެށި . ރިޒަވޭށަން ބެލެހެއްޓުން އޭރުން 24 ގަޑިއިރު އެޓެނޑު ވެވޭނެ ( މާލޭގަ ވެއްޖިއްޔާ އޮފީސް ބަންދުކުރާނެ ) ސަޕްލައި އޯޑަރ ކުރުން ރާއްޖޭން ބޭރު އަދި މާލޭ ސަޕްލައި ލިސްޓުތައްވެސް މުއައްޒަފުން ނެގުން މުސާރަ އެހެން ގޮސް މެކްސިމަމް ހިންގާނީ ރިސޯރޓުން މާލޭއޮފީހަކީ ޓުއަރިޒަމް ގަވައިދުގެ ދަށުން ނަމަކައް ކުޑައޮފީހެއް އިއްނަކަން? މިދެއްނެވި ސުޓައިލްގަ ހިންގުމުގެ ނަތީޖާ އޮކިއުޕެންސީން ފެނިގެންދިއަކަމީ މިނިސްޓުރީން ރާއްޖޭގެ ޖެހިޖެހިގެން ތިން އަހަރު ބެސޓު އޮކިއުޕެންސީގެ އެވާރޑް މިރިހި ރިސޯރޓައް ލިބުންއެއީ މުއައްޒަފުންގެ ބުރަމަސައްކަތް .

އަސްލަކީ އެފެންވަރުގެ މެނޭޖުމަންޓް ޓީމެއްގޮވައިގެން އުޅެފާ ދެން ކޮނމެ ކޮނމެ ގޮތަކައް މަސައްކަތް ކުރުން އެއީ އަސްލު މިއިންޑަސްޓުރީއާ ބީރައްޓެހި ކަމެއްގެގޮތުގަ ބަލައިގަނެވޭތީ ރީތަކޮއް ރިޓަޔަރ ކުރަން ނިންމީ.

އިގްބާލް އާދޭތެރޭ އަމިއްލަ ހައިސިއްޔަތުން އެއްޗެއް ބުނާކަމުގަވަނީނަމަ ރިސޯރޓު ލައިފް ގަ މާލޭމީހުން ވަރައް ނުފެއްނާނޭ ބުއްޏަސް ދޮގަކައް ނުވާނެ ތެދުތެދައް ބުނާކަމުގަ ވަނީނަމަ މާލޭ އާއިލާތައް އެހާއެހާ ހިތާވާ ކަމެއްނޫން އެމީިހުންގެ ދަރިން މުއަްޒަފުން ބަދިގެއިން ކައިގެން ސުޓާފް ބުލޮކުގަ ނިދުން އެއީއޭރުގެ ބޭފުޅު ދަރަޖަވަންތަކަމެއްގެ ގޮތުގާ ބަލައި ގަނެވެނީ އެގޮތުން އިގްބާލް މާލެމީހަކައްވެ ! އާއިލީ އުނދަނގޫ ތަކެއް ކަޑައްތުކުރާނެކަމައް ގަބޫލު ކުރެވޭ . އަދި 25 އަހަރައްވުރެ ގިނަދުވަހު އިންޑަސްޓުރީގަ މަސައްކަތް ކުރުމާ ޖެހިޖެހިގެން ތިން އަހަރު އޮކިއުޕެންސީ އެވޯރޑް ލިބުމާ މިހާ ގިނަދުވަހު ރިސޯރޓުގާ މަސައްކޮއްފާވަނީ ވަރައް މަދު އަސްލުމާލޭމީހުއްނެވެ. އިންޑަސްޓުރީގެ އިތުރައް ކުޅިވަރު ހާއްސަކޮއް ފުޓުބޯޅައިގެ މީހެއް އަދި ވަރައްކުރީއްސުރެ ފިޓްނަސްގެ ކަންތައް ފޮތް ތަކާ ވީޑިއޯ އެޒަމާނައް ބަލާއިރު އެއީ މީހުން އެހާ ކަސްރަތައް ހޭލުންތެރި ޒަމާނެއް ނޫން ކަމުގާ ބުނެވިދާނެއެވެ.

މިހާރުވެސް އާއްމުކޮން ދުވަސް ފެށޭނީ ހެނދުނުގެ ދުވުމާ ކަސްރަތުން ކަމަާ އަވަހައް އޮށޯތުން އެއީ މިއަދުގެ ކޮލޮނބޯގަ އާއިލީ ދިރިއުޅުން ކަމުގާ ބުނެލިއެވެ.

މަދަރުސާ ޗުއްޓީ ދުވަސް ސުކޫލް ބައެއް ރައްޓެހި ކުދިއްނާ އެކު ރިސޯރޓު މަސައްކަތުގަ , 70 ގެ މެދުތެރޭ ލިޓުލް ހުރާ.

އިގުބާލް ގެ ދެމަފިރިން ރާއްޖޭން ބޭރުގަ ދިރިއުޅެމުން ދާތާ އަހަރުތަކެއް ވެއްޖެކަމާ މެލޭޟިޔާ ކޮޅުނބުން އުޅޭތާ އަހަރުތަކެއް ވެއްޖެއެވެ މިދުވަސްވަރާ މިދިމާވީ ކޮޅުނބުގަ އުޅެނިކޮންކަމާ ދެދަރިނނާ ކާފަ ދަރިވެސް ދިރިއުޅެމުން ދަނީ ރާއްޖޭންބޭރުގަކަމުން
އާއިލާ ބޮޑައް އެކުއުޅެވެނީ މިދިރިއުޅުމުގަ ކަމުގާ ބުނެލިއެވެ.

ރާއްޖޭގެ ޓުއަރިޒަމް ފަށައިގަން ދުވަސް ވަރާ އެތައްމުއައްޒަފުއްނެއް ގޮވައިގެން ރާއްޖެއަށް ރީތިނަން ޖެހިޖެހިގެން ތިން އަހަރު އޮކިއުޕެންސީގެ އިނާމް ހޯދާދިނުމުގެ ގިނަމަސައްކަތް ތަކެއް އިގުބާލް ކުރެއްވިކަމާ ދޭތެރޭ ސުވާލެއްނެތެވެ. ޓުއަރިޒަމް މިނިސްޓުރީގެ ލިޔެކިއުމުން މިކަންކަން ފެންނާން ހުރިހެނެއް ހިއެއް ނުވެއެވެ.

ދިވެހިރާއްޖޭގެ ޓުއަރިޒަމް އައް 50 އަހަރު ފުރިގެން ދިއައިރު ސަރުކާރުން އަދި މިނިސްޓުރީ އިން މިކަންކަން ހަނދުމަފުޅު ހުރިހެނެއް ވެސް ހިއެއްނުވެ އެވެ. 2022 ވަނަ އަހަރު މިވަރުބައެއްގެ އަތުން އެވަރު ކަމެއްވެސް ހިންގާފާނެތާ އެވެ.

އެޑިޓަރުގެ ނޯޓް: މިއީ "ގެއްލުނު ހާޒިރީ" ގެ ނަމުގައި އައިސީ "އައްޑޫ ލައިވް" ގައި ގެނެސްދޭ ސިލްސިލާ އާޓިކަލްތަކެވެ. މި ސުރުހީގެ ދަށުން ގެނެސްދޭ ލިޔުންތައް އަމާޒުކޮށްފައި ހުންނާނީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގެ ހިދުމަތްތެރިންގެ ތެރެއިން އެ މީހުންގެ ހިދުމަތުގެ އަގުވަޒަން ނުކުރެވި ހުރި، އެކަމަކު އެ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރި "ގެއްލިފައިވާ" ހިދުމަތްތެރިންގެ ވާހަކަތަކަށެވެ.