Last Updated: March 28, 16:38
Thursday, March 28, 2024
ޚަބަރު

އުކުޅަހަށް 250 އެނދުގެ ސިޓީ ހޮޓަލެއް

މިހާރު ވެސް ފުޅާކޮށް ގެސްޓް ހައުސް ވިޔަފާރި ހިންގަމުން އަންނަ އއ. އުކުޅަހުގައި 250 އެނދުގެ ސިޓީ ހޮޓަލެއް އަޅަން ސޮއިކޮށްފި އެވެ.

އެ ހޮޓާ އަޅަން ނިންމި ކާނި ހޮޓެލްސް އެންޑް ޓުއާސް އާއި އުކުޅަހު ކައުންސިލާ ދެމެދު އިއްޔެ ވަނީ ރަސްމީކޮށް އެއްބަސްވުމުގައި ސޮއި ވެސް ކޮށްފަ އެވެ. ކާނި ހޮޓެލްސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި ނެޝަނަލް ހޮޓެލް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް އަދި އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) އެވެ. އުކުޅަހު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމެވެ.

އުކުޅަހުގައި ހަދަން ނިންމި ސިޓީ ހޮޓަލަކީ 10 ބުރީގެ ތަނެކެވެ. އެތަނަށް އެ ރަށުގެ ބީޗް ފްރަންޓުން 7،808 އަކަފޫޓުގެ ބިމެއް ވަނީ ހަމަޖައްސައިފަ އެވެ. ދީފައިވެއެވެ. މި މަޝްރޫއު ނިންމަން ހަމަޖެހިފައި ވަނީ ދެ އަހަރު ދުވަހުގެ ތެރޭގަ އެވެ.

އުކުޅަހަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ލޯކަލް ޓޫރިޒަމް އެންމެ ބޮޑަށް ފުޅާވެފައި އޮތް އެއް ރަށެވެ. އެ ރަށުގައި އެންމެ ބޮޑު ހޮޓަލެއްގެ ގޮތުގައި ހުރީ 42 ކޮޓަރި ހުރި ހޮޓަލަކާއި 52 ކޮޓަރީގެ ހޮޓަލެކެވެ. އެ ދެ ހޮޓަލާ އެކީ އުކުޅަހުގައި ހުރި ގެސްޓް ހައުސްތަކުގެ އަދަދު 33 އަށް އަރަ އެވެ.

އުކުޅަހުގައި މިހާރު ވެސް 680 ޓޫރިސްޠް އެނދު އެބަހުއް ޓެވެ.