Last Updated: April 16, 11:51
Tuesday, April 16, 2024
މުނިފޫހިފިލުވުން

ރަންބީރްގެ ދަރިފުޅުގެ ނަމަކީ ރާހާ

ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ދަރިފުޅުގެ ނަމަކީ ރާހާ ކަމަށް އިއުލާންކޮށްފި އެވެ.

މިކަން އިއުލާންކުރީ ދެމަފިރިން އަންހެން ދަރިފުޅާ އެކީ ނަގާފައިވާ ފޮޓޯއަކާ އެކީ އިންސްޓަގްރާމްގަ އެވެ. އެ ޕޯސްޓްގައި އާލިއާ ބުނީ ދަރިފުޅަށް ނަން ދިނީ ދަރިފުޅުގެ މާމަ ކަމަށާއި ރާހާ އެ ނަމުގެ މާނަ ވެސް ވަރަށް ރީތި ކަމަށެވެ. އެގޮތުން އެކި ބަސްތަކުން ރާހާގެ މާނަ ވެސް ޕޯސްޓްގައި ހިމަނާފައިވެ އެވެ. އަރަބި ބަހުން ރަހާގެ މާނަ އަކީ އަމާންކަމެވެ.

ރަންބީރާއި އާލިއާ ބަޓްގެ ދަރިފުޅުގެ ނަން އިއުލާންކޮށްފައި މި ވަނީ ދަރިފުޅަށް ނަން ދޭނީ 2020 ގައި މަރުވެފައިވާ ރަންބީރްގެ ބައްޕަ ކުރީގެ މަޝްހޫރު އެކްޓަރު ރިޝީ ކޕޫރްގެ ނަމާ ގުޅުވައިގެން ކަމަށް ބައެއް މީޑިއާތަކުން ބުނެފައި ވަނިކޮށެވެ. ދެ ނަމުގައި ހުރި އެއްގޮތް ކަމަކީ ނަމުގެ ފެށޭ އަކުރު އާރް އަކުރުން އިނުމެވެ.

އާލިއާ ވިހެއީ މި މަހުގެ 6 ގަ އެވެ. އޭނަ އާއު ރަންބީރް ކައިވެނިކުރީ މި އެޕްރީލް 14 ގަ އެވެ. ބަލިވެއިންކަން އިއުލާންކުރީ ޖޫން 29 ގަ އެވެ.