Last Updated: April 26, 17:23
Friday, April 26, 2024
ޚަބަރު

އޭބީޔޫގެ އެސްޖީއަކަށް ދިވެއްސެއް

އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޓީވީއެމްގެ ކުރީގެ އިންޖިނިއަރިން ހެޑް އަހުމަދު ނަދީމް އައްޔަންކޮށްފި އެވެ.

އޭނާ އެ މަގާމަށް އިއްޔެ އައްުޔަންކުރި ނަމަވެސް މަގާމުގެ ޒިންމާތައް އަދާކުރައްވަން ފައްޓަވާނީ އަންނަ އަހަރުގެ އެޕްރީލް މަހުން ފެށިގެންނެވެ. ނަދީމަކީ ބްރޯޑްކާސްޓިން ދާއިރާގައި 25 އަހަރުގެ ތަޖިރިބާ ހުންނެވި ބޭފުޅެކެވެ. އޭބީޔޫގެ އެސްޖީގެ މަގާމަށް ނަދީމު އައްޔަންކޮށްފައި މި ވަނީ މަގާމަށް އާ ބޭފުޅަކު އައްޔަން ނުކުރާތާ 13 އަހަރު ފަހުންނެވެ.

ނަދީމަކީ ޓީވީއެމްގެ ހެޑް އޮފް އިންޖިނިއަރިންގެ މަގާމުގައި 11 އަހަރު މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭނާ މިހާތަނަށް ހުންނެވީ އޭބީޔޫގެ ޓެކްނޮލޮޖީގެ އެންޑް އިނޮވޭޝަން ޑިރެކްޓަރުގެ މަގާމުގަ އެވެ. ނަދީމް އޭބީީޔޫގެ އެކި މަގާމުތަކަށް އަދާކުރައްވަނީ 2008 އިން ފެށިގެންނެވެ.

އޭބީޔޫގެ މެމްބަރުންގެ ގޮތުގައި 57 ގައުމަކުން 287 ބްރޯޑްކާސްޓަރުން ތިބެ އެވެ.