Last Updated: July 27, 10:35
Saturday, July 27, 2024
ދުނިޔެ

30 ކިލޯގެ ގޯލްޑްފިޝްއެއް ބާނައިފި

އަހަރެމެންނަށް އާންމުކޮށް ގޯލްޑްފިޝް ފެންނާނީ ގޭތެރޭގައި ގެންގުޅޭ ކުޑަކުޑަ މަސް ޓޭންކްތަކުގެ ތެރެއިންނެވެ. އެކަމަކު ގަދަ އޮރެންޖް ކުލައިގެ މި މަހަކީ އެތައް ކިލޯގެ ބަރުދަނަށް ބޮޑުވާ މަހެއްކަން އެނގޭ ހެއްޔެވެ؟ އަހަރަމެން ދިވެހިންނާ އެކަން ބީރައްޓަސް ރާއްޖޭން ބޭރުގައި ބިޔަ ގޯލްޑްފިޝްތައް ބާނާފައިވެ އެވެ.

މި މަހުގެ ކުރީކޮޅު ވެސް ފްރާންސްގައި މީހަކު ވަނީ މިފަދަ މަހެއް ބާނައިފަ އެވެ. ބަރުދަނަކީ 30 ކިލޯ އެވެ. އިނގިރޭސި މަސްވެރިއެއް ކަމަށްވާ އެންޑީ ހެކެޓް އެ މަސް ބޭނީ ބޮޑެތި ގޯލްޑްފިޝް އަށް ހާއްސަ ސަރަހެއްދެއް ކަމަށްވާ ފްރާންސްގެ ޝެމްޕޭން ސަރަހައްދުންނެވެ. އެ ސަރަހައްދުން ފެންނަ ބިޔަ ގޯލްޑް ފިޝް އަށް ވަނަމަކަށް ކިޔައި އުޅެނީ "ދަ ކެރެކްޓް" އެވެ.

އެންޑީ ބޭނި 30 ކިލޯގެ ގޯލްޑްފިޝް އަކީ މިހާތަނަށް ދެވަނަ އަށް ބޭނި އެންމެ ބޮޑު ގޯލްޑްފިޝް ކަމަށް ބްލޫ ވޯޓާ ލޭކްސް އިން ބުންޏެވެ. މިހާތަނަށް ބޭނި އެންމެ ބޮޑު ގޯލްޑްފިޝް އަކީ 31.75 ކިލޯގްރާމްގެ މަހެކެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހު އެމެރިކާގެ މިނެސޯޓާގެ ބާންސްވިލްގައި ބޭނި އެއްޗެކެވެ.

ގޯލްޑްފިޝްގެ އެވްރެޖް ބަރުދަނަކީ 200 ވަރަކަށް ގްރާމެވެ. ނަމަވެސް ރިސާޗް ބައޮލޮޖިސްޓުން ވިދާޅުވި ގޮތުގައި ގޯލްޑްފިޝް އަކީ 200 ކިލޯއަށް ވެސް ބޮޑުވެދާނެ މަހެކެވެ.

އެންޑީ ބޭނި 30 ކިލޯގެ ގޯލްޑްފިޝް ވަނި އެ ބޭނި ސަރަހައްދަށް ދޫކޮށްލައިފަ އެވެ.