މިހާރު ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕާ އެކީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ހައްގުތަކުގެ އަޑު ގަދަވެފައި ވަނިކޮށް ރަޝިއާ އިން އަނެއްކާ ވެސް އެކަމާ ދެކޮޅުކަން ހާމަކޮށްފި އެވެ.
އެެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި އޮތް އެކަމާ ގުޅޭ ބިލަށް ވޯޓަށް އެހުން ރަޝިއާ އިން އިއްޔެ ވަނީ އަނެއްކާ ވެސް ފަސްކޮށްފަ އެވެ. އެގޮތަށް ފާސްކުރީ 397 މެމްބަރުންގެ އިއްތިފާގުންނެވެ. އެއްޖިންސުން ގުޅުން ހިންގުމުގެ ހުއްދައާ ގުޅޭ ބިލަށް ތިރޭގައި ވޯޓަށް އެހުން ފަސްކުރި އިރު، އެތަނުން އެ ބިލް ފާސްކުރި ނަމަވެސް، ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ރުހުން ވެސް ބިލަށް ލިބި ރައީސް އެ ތަސްދީދުކޮށްގެން ނޫނީ އެއަށް ގާނޫނީ ހައިސިއްޔަތު ހޯދަން ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ އެވެ.
ރަޝިއާގެ މި ބިލަން ނަން ދީފައި ވަނީ އެމެރިކާގައި އެއްޖިންސުން ގުޅުން ހިންގުމުގެ ހައްގަށް ވަކާލާތުކުރާ ސްޓޭޓް ސެކްރެޓަރީ އެންތަނީ ބްލިންކެންގެ ނަމާ ގުޅުވައިގެންނެވެ. އެގޮތުން ރަޝިއާގެ ބިލަށް ކިޔަނީ "އާންސާ ޓް ބްލިންކެން" އެވެ. އެއްޖިންސުން ގުޅުން ހިންގުމާ ދެކޮޅަށް ރަޝިއާ އިން ބިލެއް އެންމެ ފުރަތަމަ އެކުލަވާލީ 2013 ގަ އެވެ. އެއާ އެކީ އެ ހައްގަށް ވަކާލާތުކުރާ ހުޅަނގުގެ ވަރަށް ގިނަ ގައުމުތަކުގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.
The proposed expansion of Russia’s ban on information regarding LGBTQI+ issues would be another serious blow to freedom of expression and the human rights of LGBTQI+ persons in Russia. We urge Russian lawmakers to withdraw the bill and respect the human rights and dignity of all.
— Secretary Antony Blinken (@SecBlinken) November 24, 2022
ބިލަށް ވޯޓަށް އެހުން އިއްޔެ ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން ފަސްކުރުމާ ގުޅިގެން ބްލިންކެން އެކަމަށް ފާޑު ވިދާޅުވެފައިވެ އެވެ. އޭނަ ކުރެއްވި ޓްވީޓެއްގައި އެއީ ބައެއްގެ އިންސާނީ ހައްގަކަށް އަރައިގަތުން ކަމަށް ސިފަކޮށް، ބިލް އަނބުރާ ގެންދަން ވެސް ގޮވާލައްވާފައިވެ އެވެ.