Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

މިހާތަނަށް 1.4 މިލިއަން ޓޫރިސްޓުން އަތުވެއްޖެ

މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 1.4 މިލިއަނަށް އަރައިފި އެވެ.

މި މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް ވަނީ 1.4 މިލިއަން ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 1.12 މިލިއަން ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ގައުމަކީ އިންޑިއާއެވެ. އެ ގައުމުން 203،812 މީހުން އައިސްފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނައިން މީހުން އައިސްފައިވަނީ ރަޝިޔާ އިންނެވެ. އެ ގައުމުން 178،934 މީހުން އައިސްފައިވެ އެވެ.

ރާއްޖޭގެ 166 ރިސޯޓެއް އޮޕަރޭޓްކުރާއިރު، ރިސޯޓްތަކުގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 40،765 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. މިހާތަނަށް 874 ހޮޓަލަކާއި ގެސްޓްހައުސް އެއް އަދި 157 ސަފާރީއެއްގައި 2900 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ.