Last Updated: April 18, 17:05
Thursday, April 18, 2024
މުނިފޫހިފިލުވުން

"އެވަޓާ 2" ގެ އާ ޓީޒާއެއް

އަންނަ މަހު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ޑައިރެކްޓަރު ޖޭމްސް ކެމެރޮންގެ "އެވެޓާ 2" ގެ އާ ޓީޒާއެއް އާންމުކޮށްފި އެވެ.

މި އަހަރު އެންމެ ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާކުރަމުން އަންނަ ފިލްމު "އެވަޓާ: ދަ ވޭފް އޮފް ވޯޓާ" ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 16 ގަ އެވެ. މި ފިލްމު ބެލުންތެރިންނާ ހަމައަށް އަންނަނީ ފިލްމުގެ ފުރަަމަ ބައި ގެނެސްދިންތާ 13 އަހަރު ފަހުންނެވެ.

މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް އޮތް "އެވެޓާ" 2009 ގައި ރިލީޒްކުކޮށް ޖުމްލަ 2.923 ބިލިއަން ޑޮލަރު ހޯދާފައިވެ އެވެ. ފިލްމު ހެދީ 246 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.

"އެވެޓާ: ދަ ވޭ އޮފް ވޯޓާ" ހަދާފައި ވަނީ ގާތްގަނޑަކަށް 2.0 ބިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. އެހެންވެ މި ފިލްމަށް ރެކޯޑް މުގުރާލުމަށްޓަކައި، ބޮކްސް އޮފީހުގައި ގަދަފަދަކަން ދައްކަން މަޖުބޫރުވާނެ އެވެ. ހޮލީވުޑްގެ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން އަންދާޒާކޮށްފައިވާ ގޮތުގައި "އެވެޓާ: ދަ ވޭ އޮފް ވޯޓާ" އަށް ވަރަށް ރަނގަޅު ފެށުމެއް ލިބޭނެ އެވެ. އެގޮތުން ރިލީޒްކުރާ ދުވަހު އެކަނި ވެސް އުތުރު އެމެރިކާ އިން ގާތްގަނޑަކަށް 175 މިލިއަން ޑޮލަރު ހޯދާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ކުރީގެ ފިލްމަށް ވުރެ ހުރިހާ ގޮތަކުން ވެސް އާ ފިލްމު ފުރިހަމަވެފައި، މޮޅުވާނެކަމުގެ ޔަގީންކަން ޑައިރެކްޓަރު ދީފައިވެ އެވެ. އަދި މިއީ އެންމެ ފަހުގެ ވީއެފްއެކްސްއާ އެކީ ސްކްރީނުން ބެލުންތެރިންނަށް ޖާދޫއަކާއި ތަޖުރިބާއެއް ގެނެސްދޭނެ ފިލްމެއް ފިލްމުގެ ޓްރެއިލާ އާއި ޓީޒާތަކުން ވެސް ވަޒަންކޮށްދެ އެވެ.

"އެވެޓާ" އިން ފެނުނު ބައެއް ކާސްޓުންނާ އެކީ ދެވަނަ ބައިން އިތުރު ގިނަ ކާސްޓުންތަކެއް ވެސް ފެންނާނެ އެވެ. އޭގެ ތެރޭގައި ސޭމް ވޯތިންޓަން، ޒޯއި ސަލްޑަނާ، ސްޓެފެން ލޭންގް، ކޭޓް ވިންސްލެޓް، ކްލިފް ކާޓިސް އަދި ބްރިޓްން ޑާލްޓަން ހިމެނެ އެވެ.

"އެވަޓާ" އިތުރު ތިން ފިލްމެއް ވެސް ގެނެސްދޭން އޮތީ ނިންމައިފަ އެވެ. އެއީ 2024، 2026 އަދި 2028 ގަ އެވެ.