Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

މަގުތަކުގައި ބަހައްޓާ ތަކެތި ނަގަން އަންގައިފި

އައްޑޫ ހުޅުދޫގެ މަގުތަކުގައި މަގު ބޭނުން ކުރާ މީހުންނަށް ދަތިވާ ގޮތަށް ބަހައްޓާފައި ހުރި ތަކެތި ނަގަން އަންގައި، އެކަން ކުރަން މުހުލަތެއް ދީފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މީހުން އުޅޭ ގޯތިތަކުގެ މަގުތަކާއި ގޯޅިތަކަށް ގޮތަށް އިމުން ބޭރަށް މަގުމައްޗަށް ނިކުމެފައިވާ ރުއްގަހާއި މަގުމަތީ ބަހައްޓާފައިވާ ޖޯލިފައްޗާއި ދާގަނޑާއި ވެލިފުނި ފަދަ ތަކެއްޗާ ހެދި މަގުން ހިނގާ މީހުންނަށާއި ދުއްވާ އެއްޗިއްސަށް ގެއްލުން ވަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެހެންވ ހިނގާ މީހުންނަށާއި ދުއްވާތަކެއްޗަށް ދަތިވާ ގޮތަށް ހުރި ރުއްގަސް ކޮށައި ސާފުކޮށް މަގުމަތީ ބަހައްޓާފައިވާ ތަކެތި މި މަހުގެ 30 ގެ ކުރިން ނެގުމަށް އަންގާ ކަމަށް ކައުންސިލުން ބުންޏެވެ. އަދި އެ މުއްދަތުގައި އެގޮތަށް ޢަމަލުނުކޮށްފި ނަމަ އަވަށު އޮފީހުން އިތުރު އެންގުމަކާއި ނުލައި ދަތިވާ ގޮތަށް ހުރި ރުއްގަސް ކޮށައި ސާފުކޮށް މަގުމަތީ ބަހައްޓާފައިވާ ތަކެތި ނަގާނެ ކަމަށް ބުންޏެވެ.

ދާދި ފަހުން ކައުންސިލުން ވަނީ މަގުތަކުގައި ގަސްތައް ނުހެއްދުމަށާއި ގަސްޕޮޓްތައް ވެސް ނުބެހެއްޓުމަށް އަންގައިފަ އެވެ.