Last Updated: April 19, 11:14
Friday, April 19, 2024
މުނިފޫހިފިލުވުން

ޖޭލޯ އާ އަލްބަމެއް އިއުލާންކޮށްފި

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕޭޒް (ޖޭލޯ) އާ އަލްބަމެއް އިއުލާންކޮށްފި އެވެ.

މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެކްޓަރު ބެން އެފްލެކާ ކައިވެނިކުރި 53 އަހަރުގެ ފަންނާނު އާ އަލްބަމެއް ނެރެން އުޅޭކަން އިއުލާންކޮށްފައި މި ވަނީ އަލްބަމެއް ނުނެރޭތާ އަށް އަހަރު ފަހުންނެވެ. ކާމިޔާބު އަލްބަމްތަކެއް ނެރެފައިވާ ޖޭލޯގެ އާ އަލްބަމްގެ ނަމަކީ "ދިސް އިޒް މީ…ނައު" އެވެ. އަލްބަމް އަންނަ އަހަރު ނެރެން ނިންމާފައިވާ އިރު، އޭގެ ޓްރެކް ލިސްޓް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ.

"ދިސް އިޒް މީ…ނައު" ގައި ހިމެނެނީ ޖުމްލަ 13 ލަވަ އެވެ. އެ ލަވަތަކަކީ "ދިސް އިޒް މީ..ނައު"، "ޓު ބީ ޔޯސް"، "ކާންޓް ގެޓް އިނަފް"، "ރީބައުންޑް"، "ނޮޓް ގޮއިން އެނީވެއާ"، "ޑިއާ ބެން ޕީޓީ ޓޫ"، "ހަމިންބާޑް"، "ހާޓްސް އެންޑް ފްލާވާސް"، "ބްރޯކެން ލައިކް މީ"، "ދިސް ޓައިމް އެރައުންޑް"، "މިޑްނައިޓް ޓްރިޕް ޓު ވެގަސް" އަދި "ގްރޭޓެސްޓް ލަވް ސްޓޯރީ ނެވާ ޓޯލްޑް" އެވެ.

އާ އަލްބަމް އަންނަ އަހަރު ރިލީޒްކުރަން ނިންމި ނަމަވެސް ނެރޭނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. ލަވަކިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދުމަށް ފަހު، ބަތަލާއެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުން އަންނަ ޖޭލޯ އެންމެ ފަހުން ނެރުނު އަލްބަމްކީ 2014 އަކާ (އޯލްސޯ ނޯން އޭސް) އެވެ.

އޭނަގެ އާ އަލްބަމް "ދިސް އިޒް މީ…ނައު" ގެ ނަން ގުޅުވާފައި ވަނީ މީގެ 20 އަހަރު ކުރިން ނޮވެމްބަރު 25، 2002 ގައި ނެރުނު "ދިސް އިޒް މީ…ދެން" އާ ގުޅުވައިގެންނެވެ. ޖޭލޯ މިހާތަނަށް ނެރުނީ 8 އަލްބަމެވެ. އޭނަގެ ފުރަތަމަ އަލްބަމަކީ 1999 ގެ "އޮން ދަ 6" އެވެ.

ޖޭލޯގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ފެބްރުއަރީގައި ނެރުނު "މެރީ މީ" އެވެ. އޭނަގެ ދެ ފިލްމެއް އަންނަ އަހަރަށް ވެސް އެބައޮތެވެ. އެއީ ޖެނުއަރީ 27 އަށް ތާވަލުކޮށްފައި އޮތް "ޝޮޓްގަން ވެޑިން" އާއި މެއި އަށް ތާވަލުކޮށްފައި އޮތް "ދަ މަދާ" އެވެ.