ގެންގުޅުނު ދަބަހެއްގެ ތެރޭގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭ ބީޗް ކްލަބަށް ވަދެ ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް ރޭ ރިޕޯޓްކުރުމާ ގުޅިގެން 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ މިހާރު އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.
މިފަދަ މައްސަލަތައް ރާއްޖޭގަައި ފަހަށް އައިސް އިތުރުވަމުންދާ އިރު، ގިނަ ބަޔަކު މަރާލަން ރާވައިގެން ބޮން ގޮއްވަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި މި މަހުގެ ކުރީކޮޅު ހިންގި އޮޕަރޭޝަނެއްގައި 14 މީހަކު ހައްޔަރުކޮށްފައިވެ އެވެ. ޓެރަރިޒަމްގެ ހަމަލާ ދޭން އުޅުނީ އައްޑޫގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެކަމާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރޭގައި ހިތަދޫން ބަލައި ފާސްކުރި ގެއަކުން ގޮވާޒާތު ކެމިކަލް ވެސް ފެނިފައިވާކަން ފުލުހުން މިދިޔަ ހަފުތާގައި ބުންޏެވެ.