Last Updated: July 5, 20:34
Sunday, July 6, 2025
ޚަބަރު

އިޖުތިމާއީ ވެށި އިސްލާހު ކުރަންވެއްޖެ: ޝަހީމް

ރާއްޖޭގެ އިޖުތިމާއީ ވެށި މިހާރު ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އެކަން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އޭނަަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ ވެށި އިސްލާހުކުރުމާއި ރިވެތި އަހުލާގު އާލާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

"އަގީދާ އާއި އިޖުތިމާއީ ބަހާތަކަށް ބެލުމެއް ނެތި ހަމައެކަނި މުއްސަދިކަން ހޯދަން ގާއިމުކުރެވޭ ޙަޟާރަތްތައް ހަލާކުވެ ނެތިވެ ގޮސްފައިވާކަމީ އިންސާނީ ތާރީޚު ހެކިދޭ ޙަޤީޤަތެއް." ޝަހީމް ވިދާޅުވި އެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކުރިން ދިވެހިން އުޅެމުން އައި ސާދާ ރީތި، އަމާން ދިރިއުޅުމާއި ހަމަޖެހުން ގެއްލި، އިޖުތިމާއީ ފޭރާ ވީދިފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބަދަލުތަކާ އެކީގަ އެވެ. ހާއްސަކޮށް އެ ދާއިރާގެ ތެރެއިން އުފަންވި ނޭދެވޭ ކަންތައްތަކާ ހެދި އެވެ.

އެހެންވެ ރާއްޖޭގެ މިހާރުގެ ހާލަތާ މެދު ގައުމާ ދޭތެރޭ ފިކުރުކުރާ މީހުން ވަރަށް ގިނަ މީހުން ކަންބޮޑުވެ އެވެ.