ދުނިޔޭގައި މި ވަގުތު އޮތް އެންމެ ދުވަސްވީ ބުޅަލަށް 27 އަހަރުވެއްޖެ އެވެ.
އެ ބުޅާ މިހާރު ވަނީ ދުނިޔޭގެ ރެކޯޑް ފޮތަށް ވެސް އަރައިފަ އެވެ. ކަޅާއި މުށިކުލައިގެ މި އަންހެން ބުޅަލަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ ފްލޮސީ އެވެ. ގިނިސް ވޯލްޑް ރެކޯޑުން ބުނި ގޮތުގައި ބުޅަލެއްގެ އުމުރުން 27 އަހަރުވުމަކީ އިންސާނަކު ދުނިޔޭގައި 120 އަހަރު އުޅުން ކަހަލަ ކަމެކެވެ.
Flossie has now found a forever home 🥰️https://t.co/4dyGE4L0nV
— Guinness World Records (@GWR) November 25, 2022
އުމުރުން ކިތަންމެ ދުވަސް ވިޔަސް ފްލޮސީ އަކީ ސިއްހަތު ރަނގަޅުކޮށް އޮތް ބުޅަލެކެވެ. ޕެޓެއްގެ ގޮތުގައި މި ބުޅާ އެންމެ ފަހުން ގެންގުޅުނީ ވިކީ ކިޔާ ގްރީން ކިޔާ މީހެކެވެ. އެކަމަކު ފްލޮސީ މިހާރު އޮންނަނީ އިނގިރޭސިވިލާތުގެ ކެޓް ވެލްފެއާ ޗެރިޓީއެއް ކަމަށްވާ "ކެޓްސް ޕްރޮޓެކްޝަން" ގެ ބެލުމުގެ ދަށުގަ އެވެ.
ވިކީ ބުނި ގޮތުގައި ފްލޮސީ އަކީ ވަރަށް މަޖާކޮށް އުޅޭ، ވަރަށް ރައްޓެހި އަދި ކެއުމަށް ވަރަށް ލޯބިކުރާ ބުޅަލެކެވެ. މި ބުޅާ އެންމެ ފުރަތަމަ މީހަކު އެޑޮޕްޓްކުރީ 1995 ގަ އެވެ. އެއީ މާސީސައިޑްގެ ހޮސްޕިޓަލްގެ މުވައްޒަފެކެވެ. އޭގެ ފަހުން އެކި ފަހަރު މަތިން އެކި މީހުންގެ "ހިޔާވަހިކަމުގެ ތެރޭގައި" ފްލޮސީގެ ދިގު ހަޔާތުގެ ދުވަސްތައް ހޭދަކުރަމުން ގޮސްފައިވެ އެވެ.
ކުރިން އެންމެ ދުވަސްވީ ބުޅަލުގެ ރެކޯޑް އޮތީ އެމެރިކާގެ ޓެކްސަސްގައި 38 އަހަރާއި 3 ދުވަހު އުޅުނު ކްރީމް ޕަފް ކިޔާ ބުޅަލެކެވެ. އޮގަސްޓް 3، 1967 އުފަންވި އެ ބުޅާ މަރުވީ 2005 ގެ އޮގަސްޓްގަ އެވެ.