Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

މޮސްޓާ އަށް ހަމަލާ ދޭން އުޅުނު މީހަކު ހައްޔަރަށް

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ މޮސްޓާ) އަށް ހަމަލާދޭން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރީ 18 އަހަރުގެ ޒުވާނެއް ކަމަށެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

މޮސްޓާ އަށް ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައި މި ވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އާޓިފިޝަލް ބީޗްގައި އޭނަ އާއި ރަހުމަތްތެރިއަކު އުޅެނިކޮށް ބަޔަކު މަރާމާރީއެއް ވެސް ހިންގާފައި ވަނިކޮށެވެ. އެކަމަކު އެ ހާދިސާގައި މޮސްޓާ އަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.