ޅ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް ގެ ދަތުރުތައް ފެށުމުގެ ގޮތުން މިހާރު ކުރިޔަށް ދާ "އަހުލުވެރި ކަމުގެ ދަތުރު" ގެ މުއްދަތު އިތުރުކޮށްފި އެވެ.
މި ހިދުމަތަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި ފެށީ މި މަހުގެ 21 ވަނަ ދުވަހު އެވެ. މި ދަތުރުތަކަށް އެއްވެސް އަގެއް ނުނަގާނެ އެވެ. ކުރިން ނިންމާފައި އޮތީ މިމަހުގެ 28 ވަނަ ދުވަހުން ފަށައިގެން އަގު ނަގައިގެން ދަތުރުކުރަން ފެށުމަށެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ މި މުއްދަތު މިހާރު އިތުރުކޮށްފައިވާ ކަމަށެވެ. އަގު ނަގައިގެން ދަތުރުތައް ފަށާ ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ.
އެމްޓީސީސީގެ މި ދަތުރުތަކަށް އާރްޓީއެލްގެ ފެރީތައް ޅ. އަތޮޅަށް ދިޔައީ މި މަހުގެ 16 ގަ އެވެ.
ޒޯން 2 ގެ ޅ.އަތޮޅުގެ އާރްޓީއެލް ފެރީ ޚިދުމަތް ހަފުތާއަކު ހަތް ދުވަހު، ދެ އާރްޓީއެލް ސްޕީޑް ފެރީ މެދުވެރިކޮށްތިން ރޫޓަކުން ލިބޭނެ އެވެ.