Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

22 ކެރަޓް ރަނާ އެކީ ލަންކާ އަށް އެތެރެވުން މަނާ!

ގަހަނާގެ ގޮތުގައި ވިޔަސް ހުއްދަ ހޯދުމަކާ ނުލައި 22 ކެރަޓަށް ވުރެ އިތުރު ރަނާ އެކީ ސްރީ ލަންކާ އަށް އެތެރެވުން އެ ގައުމުން މަނާކޮށްފި އެވެ.

ލަންކާ އިން ބުނީ މިއީ ވަގަށް ރަން އެތެރެކުރުން ހުއްޓުވަން އަޅަން ފެށި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ކަމަށެވެ. މި ނިންމުމާ ބެހޭ ގޮތުން އެ ލަންކާގެ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ރަންޖީތު ސިޔަމްބަލަޕިޓިޔާ ވިދާޅުވީ 22 ކެރަޓަށް ވުރެ ބަރުދަން އިތުރު ރަނާ އެކީ އެ ގައުމުގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމްޕޯޓްސް އެކްސްޕޯޓްގެ ހުއްދަ ދުރާލައި ހޯދައިގެން ކަމަށެވެ.

ސްޓޭޓް މިނިސްޓަރު ވިދާޅުވި ގޮތުގައި ވަގަށް އެތެރެ ކުރަނިކޮށް ލަންކާ އިން ދުވާލެއްގެ މައްވަށް 50 ކިލޯގެ ރަން އަތުލައިގަނެ އެވެ.