Last Updated: January 30, 20:14
Monday, January 30, 2023
ދުނިޔެ

ހަމަލާގެ ފަހުން އިމްރާން އަލުން ރެލީތަކަށް

އިއްޔެ ރެލީތެރޭގައި އިމްރާން ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަ ދައްކަވަނީ.

އަވަހަރާކޮށްލަން މި މަހުގެ ކުރީކޮޅު ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ދިން ހަމަލާގައި ޒަހަމްވެވަޑައިގަތުމަށް ފަހު އޭނާ އަލުން ރެލީތަކަށް ނުކުންނަވަން ފައްޓަވައިފި އެވެ.

އެގޮތުން އިއްޔެ ރާވަލްޕިންޑީގައި އިމްރާނާ އެކީ ބޭއްވި އެއްވުމަށް އެތައް ހާސް ސަޕޯޓަރުން ޖަމާވި އެވެ. އެ އެއްވުމުގައި އިމްރާން ވަނީ ބިރަކާ ނުލައި ސިޔާސީ މަސައްކަތުގައި ދެތިބިތުމަށް ސަޕޯޓަރުންނަށް ގޮވާލައްވައިފަ އެވެ.

މިއަދު އިމްރާން ކުރެއްވި ޓްވީޓެއްގައި ވަނީ އިއްޔެގެ ރެލީ އަށް ސަޕޯޓަރުން ދިން ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައި އޭނަގެ ޕާޓީ ޕާކިސްތާން ތަހުރީކޭ އިންސާފު (ޕީޓީއައި) އިން ގާނޫނު ނެހެއްޓުމާއި ހަގީގީ މިނިވިކަން ހޯދުމަށް ކުރާ މަސައްކަތުގައި ދެތިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

މި މަހުގެ ކުރީކޮޅު އާންމު އެއްވުމުގެ ތެރޭގައި އިމްރާނަށް ދިން ހަމަލާގައި އޭނަގެ ކަނާތު ފަޔަށް ތިން ވަޒަން އެރުމުގެ އިތުރަށް، ވާތު ފައެއް ވެސް އަނިޔާތަކެއް ލިބުނެމވެ. އެ ހަމަލާ އިމްރާން ސިފަކުރެއްވީ ސަރުކާރު އަޑީގައި އޮވެގެން އޭނާ އަވަހާރަކޮށްލަން ދިން ހަމަލާއެއްގެ ގޮތުގަ އެވެ.

އިމްރާން ވިދާޅުވި ގޮތުގައި އޭނަ އަވަހާރަކޮށްލަން ހަމަލާ ދިނީ ތިން މީހަކު ވެގެންނެވެ. އެ ހާދިސާގައި މީހަކު މަރުވެ، އިތުރު ބަޔަކު ޒަހަމް ވެސް ވި އެވެ.

ޕާކިސްތާންހެ ބޮޑުވަޒީރުކަމުން ކުރީގެ ކްރިޓަރު ތަރި ދުރުކުރީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އިމްރާން ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އެކި ކަހަލަ ތުހުމަތުތައް ކުރައްވަމުންނެވެ. ނަމަވެސް އިމްރާން ސަރުކާރުގައި އަޅުވާ ތުހުމަތުތަކުގައި އެއްވެސް ހަގގަތެއް ނެތް ކަމަށް ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ސަރުކާރުން ގެންދަނީ ބުނަމުންނެވެ.