Last Updated: April 23, 18:00
Tuesday, April 23, 2024
މުނިފޫހިފިލުވުން

ޕެރިސް ހިލްޓަން އެނިވަސަރީ އަށް ރާއްޖޭގައި

މިދިޔަ އަހަރު ކައިވެނިކުރި އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ ޕެރިސް ހިލްޓަން ރާއްޖޭގައި އެނިވާސަރީ ފާހަގަކުރަމުން އެބަދެ އެވެ.

މި ވާހަކަ އޭނާ ވަނީ ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކަކާ އެކީ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ. ފިރިމީހާ ކާޓާ ރިއަމްއާ އެކީ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި ހުރި ޕެރިސް ބުނީ މިހާތަނަށް ދުނިޔޭގެ ވަރަށް ގިނަ ތަންތަނަށް ދަތުރުކުރެވިއްޖެ ކަމަށާއި އެކަމަކު މިހާތަނަށް އިތާފުށިހާ ޗާލު ތަނެއް ނުދެކޭ ކަމަށެވެ.

އެހެންވެ މިހާ ލޯބި، ހިތްގައިމު ތަނެއްގައި އެނިވާސަރީ ފާހަގަކުރުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ކުރިން ވެސް ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ ޕެރިސް ބުންޏެވެ.

ޕެރިސް، 41، އާއި އެމެރިކާގެ ލިޔުންތެރިޔާ/ވިޔަފާވެރިކާ ކާޓާ، 41، ކައިވެނިކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ.