Last Updated: June 30, 20:43
Monday, June 30, 2025
ޚަބަރު

އާމްދަނީ އަށް 23.6 ބިލިއަން، ހަރަދަށް 32.2 ބިލިއަން

މިނިސްޓަރު އިބްރާހިމް އަމީރު— ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިއަހަރުގެ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 23.6 ބިލިއަން ރުފިޔާ ލިބުނުއިރު، 32.2 ބިލިއަން ރުފިޔާ ހަރަދު ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި ހަރަދުގެ ގޮތުގައި ހިނގާފައިވާ އަދަދު 74 އިންސައްތަ އަކީ ރިކަރެންޓް ހަރަދެވެ.

ލިބުނު އާމްދަނީއަށްވުރެއް އިތުރަށް 8.5 ބިލިއަން ރުފިޔާ ދައުލަތުން ހަރަދު ކޮށްފައިވާއިރު، އޮފީސްތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ހައުސިން މިނިސްޓްރީންނެވެ. ހައުސިން މިނިސްޓްރީން 5 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު ދެން އެންމެ ގިނައިން ހަރަދު ކޮށްފައިވާ އެޑިއުކޭޝަން މިނިސްޓްރީން ހަރަދު ކޮށްފައިވަނީ 2.9 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު ހަރަދެއްކުރި އެންސްޕާ އިން ވަނީ 2.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 23.6 ބިލިއަން ރުފިޔާ ލިބުނުއިރު އޭގެ 72 އިންސައްތަ އަކީ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.