Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ބެލަރޫސްގެ ފޮރިން މިނިސްޓަރު އަވަހަރާވެއްޖެ

މާދަމާ ރަޝިއާގެ ފޮރިން މިނިސްޓަރު ސާޖީ ލަވްރޯވްއާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައި ވަނިކޮށް ބެލަރޫސްގެ ފޮރިން މިނިސްޓަރު ލަޑީމީރް މެކީ ކުއްލި ގޮތަކަށް އިއްޔެ އަވަހާރަވެއްޖެ އެވެ.

އެކަން ފޮރިން މިނިސްޓްރީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހާމަކުރެއްވި ނަމަވެސް އުމުރުން 64 އަހަރުގެ މެކީގެ މަރާއި އޭނަގެ ސިއްހީ ހާލަތާ ބެހޭ ގޮތުން އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ފޮރިން މިނިސްޓްރީގެ މަރަކީ ވަރަށް ބޮޑު ޝޮކެއް ކަމަށް ބުންޏެވެ.

މެކީ ބެލަރޫސްގެ ފޮރިން މިނިސްޓަރުގެ މަގާމަށް ވަޑައިގެންނެވީ 2012 ގެ އޮގަސްޓްގަ އެވެ.

މެކީގެ ކުއްލި މަރާ ގުޅިގެން ހިތާމަ ފާޅުކުރައްވައި އެ ގައުމުގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ ވަނީ އާއިލާ އަށް ތައުޒިޔާ ފޮނުއްވައިފަ އެވެ.