Last Updated: April 20, 13:04
Saturday, April 20, 2024
ޚަބަރު

މޮސްޓާ އަށް ހަމަލާ ދޭން އުޅެގެން ބަންދަށް 30 ދުވަސް

ރައްޔިތުންގެ މަޖިލީހުންގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަށް ހަމަލާ ދޭން އުޅުނު މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.

ކޯޓް އަމުރެއްގެ ދަށުން އެ މައްސަލާގައި ހައްޔަރުކުރީ 18 އަހަރުގެ މީހެކެވެ. އޭނަގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ބަންދަށް މަސް ދުވަހެއްގެ މުއްދަތަކެއް ޖަހައި ބުނެފައި ވަނީ އެ ޒުވާނާ އަކީ ކުރިން ވެސް ކުށުގެ ރެކޯޑްތަކެއް އޮތް މީހެއް ކަމަށެވެ.

އޭނަގެ ބަންދާ މެދު ގޮތެއް ނިންމަައި ގާޒީ ސޮފްވަތު ޙަބީބު ނެރުއްވި އަމުރުގައި ބުނީ އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށް އަމުރުކޮށްފައިވެ އެވެ. އޭނަގެ މައްޗަށް ފުލުހުން ކޮށްފައި ވަނީ މާރާމާރީއާއި ބިރު ދެއްކުމުގެ ކުށުގެ ތުހުމަތެވެ.

މޮސްޓާ ވިދާޅުވެފައިވާ ގޮތުގައި އޭނަ އަށް ހަމަލާދޭން އުޅުނީ ގެއިން ނުކުމެވަޑައިގެން ސައިކަލަށް އަރުއްވަން އުޅުއްވަނިކޮށެވެ.