Last Updated: March 28, 21:55
Thursday, March 28, 2024
މުނިފޫހިފިލުވުން

ބާސެލޯނާގެ މަރުހަބާ ރަންބީރާއި އާލިއާ އަށް

ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި އާލިއާ ބަޓަށް ދަރިއަކު ލިބުމާ ގުޅިގެން ސްޕެެއިންގެ މަޝްހޫރު ކްލަބް، ބާސެނޯލާނާ އިން މަރުހަބާ ކިޔައިފި އެވެ.

އެ ޓީމުން އެކަމަށް މަރުހަބާ ކީ މި މަހުގެ 6 ގައި ވިހޭ އަންހެން ދަރިފުޅުގެ ނަން މިދިޔަ ހުކުރު ދުވަހުގެ ރޭ، ފްރޭމްކޮށްފައިވާ ބާސެލޯނާ ކުޑަކުޑަ ޖާޒީއެއްގައި ދަރިފުޅުގެ ނަން އިއުލާންކުރުމާ ގުޅިގެންނެވެ. އެ ޖާޒީގެ ދަރިފުޅުގެ ނަން "ރާހާ" ޖަހާފައި އިން އިރު، އެ ފްރޭމް ހަރުކޮށްފައިވާ ތަނުގައި ދަރިފުޅާ އެކީ އާލިއާ އާއި ރަންބީރް ތިބޭ ތަން ފެނެ އެވެ.

އާލިއާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އާންމުކުރި އެ ޕޯސްޓް ބާސެލޯނާގެ ރަސްމީ ޓްވިޓާ އެކައުންޓުން ޕޯސްޓްކޮށް އެ މީހުން ޓެގް ވެސްކޮށް މަރުހަބާ ކިޔާފައިވެ އެވެ. އަދި އެއީ ބާސާ އަށް އުފަންވި އާ ސަޕޯޓަރެއް ކަމަށާއި ކޮންމެ ވެސް ދުވަހަކުން ޓީމުން އެ އާއިލާއާ ބައްދަލުކުރަން ވެސް ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.

ރަންބީރަކީ ބާސެލޯނާގެ ވަރަށް ބޮޑު ފޭނެކެވެ. މީގެ އޭނަ ސްޕެއިންގައި އެ ޓީމާ ބައްދަލު ވެސްކޮށްފައިވެ އެވެ.