Last Updated: July 27, 14:13
Saturday, July 27, 2024
ޚަބަރު

ޝާހިދަށް ދެން އޮތީ ސިޓީފުޅު އުފުލުން: ސައީދު

މެމްބަރު މުހައްމަދު ސައީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ދެންއޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޓީފުޅު އުފުލުން ކަމަށް ވިދާޅުވެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއް މަހުގެ ތެލާއި ކާޑު ގަންނާނެ ފައިސާ ދައުލަތުގެ ރިޒާވުގައި ނެތް ކަމަށެވެ. އަދި ސަރުކާރު މުއަޒިފުންނަށް މުސާރަ ނުދެވޭހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ. މިހިސާބަށް ދައުލަތުގެ އިގްތިސާދީ ކަންކަން ދިޔުމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އޮންނާނީ ސިޓީފުޅު އުފުލުން ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު މިފަދައިން ޓްވީޓް ކުރައްވާފައިިވާއިރު ނުހަނުފަހުން މިނިސްޓަރު ޝާހިދު ވަނީ ރައީސް ސޯލިހްގެ ހާއްސަ ސިޓީފުޅެއް ހަވާލުކުރެއްވުމަށް ޔޫއޭއީ އަށް ވަޑައިގެންފައެވެ.

މިފަހުން ހާމަވިގޮތުން ދައުލަތުގެ ސޮވެރިން ފަންޑްގެ އަދަދުވެސް ވަނީ ދަށަަށް ގޮސްފައެވެ. އަދި ދައުލަތުގެ ފޮރިން ކަރެންސީ ރިޒާވުގެ އަދަދުވެސް ވަނީ ދަށަަށް ގޮސްފައެވެ.