Last Updated: July 6, 22:22
Sunday, July 6, 2025
ޚަބަރު

ފުޓުބޯޅަ ފޯރީގެ ނަމުގައި އުރީދޫން ސްޓިކާ ޕެކެއް

އުރީދޫގެ "ފުޓުބޯޅަ ފޯރި" ގެ ނަމުގައި އުރީދޫން ސްޓިކާ ޕެކެއް ނެރެފި އެވެ.

އުރީދޫން ބުނީ މި ފަހަރު ނެރުނު ސްޓިކާ ޕެކްގައި ހުންނާނީ ފުޓުބޯޅައާ ގުޅުން ހުރި "ގޮވެލި"ތައް ކަމަށެވެ.

ދިވެހި ލަފުޒުތައް ހިމެނޭ މި ސްޓިކާ ޕެކުގައި "ސަޅި ގޯލު"، "މިފަހަރު މޮޅުވާނެ"، "ދަނޑުން ފައިބާ" ފަދަ ލަފުޒުތައް ހިމެނޭ ސްޓިކާތަކެއް ވަނީ ހިމަނާފާ އެވެ.

ވައިބާ އަދި ޓެލެގްރާމް ބޭނުންކުރާ މީހުންނަށް އުރީދޫ އިން މިއަދު ނެރުނު ސްޓިކާޕެކް މިހާރު ހިލޭ ޑައުންލޯޑް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިފަހަރު ފުޓުބޯޅައަށް ހައްސަ ސްޓިކާ ޕެކެއް އުރީދޫން އާންމުކޮށްފައި މިވަނީ ވޯލްޑް ކަޕާއެކު ފުޓްބޯޅަ ފޯރި ދިވެހިންގެ ތެރޭގައި ގަދަވެފައިވާ ދުވަސްވަރެއްގަ އެވެ.