Last Updated: July 1, 23:03
Wednesday, July 2, 2025
ޚަބަރު

ދުވާފަރު ކައުންސިލްގެ ކޮރަޕްޝަން: ކައުންސިލަރުން ސަސްޕެންޑްކޮށްފި

ދުވާފަރު ކައުންސިލް މެމްބަރުން

ރ. ދުވާފަރު ކައުންސިލްގެ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން އެ ކައުންސިލްގެ މެމްބަރުން ސަސްޕެންޑް ކޮށްފިއެވެ.

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެސީއީއޯ އަފްޝަން ލަތީފު "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ.

އެލްޖީއޭގެ އިއްޔެގެ ޖަލްސާގައި ދުވާފަރު ކައުންސިލަރުން ސަސްޕެންޑް ކުރުމަށް ނިންމާފައިވާއިރު ކައުންސިލް ވަގުތީ ގޮތުން ހިންގުމަށް އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލާ ވަނީ ހަވާލު ކޮށްފައެވެ.

އަފްޝަން ވިދާޅުވީ މިކަމާ ބެހޭ އިތުރު ތަފްސީލު މީޑިއާއަށް ވަރަށް އަވަހަށް ހިއްސާކުރައްވާނެ ކަމަށެވެ.

ދުވާފަރު ކައުންސިލްގެ ކޮރަޕްޝަންގެ މައްސަލަ ބެލުމަށް އޭސީސީގެ ޓީމެއްވެސް އެރަށަށް ގޮސްފައިވެއެވެ.

ދުވާފަރު ކައުންސިލްގެ މޮނިޓަރިން ރިޕޯޓުން ހާމަވެފައިވާގޮތުގައި ކައުންސިލު މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ކައުންސިލުގެ އެހެން މުވައްޒަފުންގެ އެކައުންޓަށް އުސޫލުން ބޭރުން ފައިސާ ޖަމާކޮށްފައިވެއެވެ.