Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އިމާމުންގެ ޑިގްރީ ކޯހަށް އެއްވެސް ބުރުލެއް ނާރާ

ހިލޭ ޑިގްރީ ޕްރޮގްރާމްގެ ތެރެއިން ކިޔަވާ އިމާމުންނާ ބެހޭ ގޮތުން މާލެ ސިޓީ ކައުންސިގެ މެމްބަރަކު ދެއްކެވި ވާހަކަތައް އިސްލާމިކް މިނިސްޓްރީން ދޮގުކޮށްފި .އެވެ.

މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގެ އިމާމުންގެ ފެންވަރު މަތިކުރަންކަމަށް ބުނެ ހިންގަން ފެށި ޑިގްރީ ކޯހަށް ސަރުކާރުން ފައިސާ ނުދައްކައިގެން ކޯހުގެ ބައިވެރިންނަށް ވަނީ އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) ގެ ޕޯޓަލްގެ އެކްސެސް ކަނޑާލާފައިވާ ކަމަށާއި ރަށުގެ އަމިއްލަ ގޭގައި ލެޕްޓޮޕަކާ ފޯނެއް އޮތިއްޔާ ކޯސް ފުރިހަމަ ކުރެވޭނޭ ބުނެ އިމާމުންނަށް ދޮގު ހަދާފައިވާ ކަމަށެވެ.

ޝުޖާއުގެ މި ވާހަކަތަކާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ "ރާއްޖެ ޓީވީ" އަށް ވިދާޅުވީ އިމާމުންގެ ކޯހަށް އެއްވެސް ބުރުލެއް އަރާފައި ނުވާ ކަމަށެވެ. އަދި ޑިގްރީ ކޯހުގެ ހުރިހާ ކަމެއް ކުރިއަށް ދަނީ މިނިސްޓްރީ އާއި އައިޔޫއެމް ގުޅިގެން ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އައިޔޫއެމްގެ ޕޯޓަލްގެ އެކްސެސް ކަނޑާލާފައި ނުވާ ކަމަށާއި އެއަށް ވަނުމުގައި ކުރިން ދިމާވީ ޓެކްނިކަލް މައްސަލައެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިމާމުން ޑިގްރީ ފެންވަރަށް ތަމްރީނުކުރަން ނިންމައި އެ މަސައްކަތް ފެށި އިރު، ދިމާވެފައި އޮތް އެއް މައްސަލަ އަކީ ބައެއް މީހުންނަކީ ޑިގްރީ ފެންވަރަށް ކިޔެވުމަށް އެންރޯލްވެވޭ ފެންވަރުގެ މީހުންނަށް ނުވުން ކަމަށެވެ. އެހެންވެ އެފަދަ އިމާމުންނަން ޑިގްރީ ކޯހުގައި ބައިިވެރިވެވޭ ފެންވަރަށް ގެނައުމަށް ފަހު ޑިގްރީ އަށް އެންރޯލް ވެވޭ ގޮތަށް މިނިސްޓްރީން މަގުފަހިކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ޒާހިރު ވިދާޅުވި ގޮތުގައި އުމުރުން 50 އަހަރުން މަތީގެ އިމާމުންނަށް ވެސް މިނިސްޓްރީގެ ކޯހުގައ ފީ ދައްކައިގެން ބައިވެރޖިވެވޭ ކަމަށެވެ. މިނިސްޓްރު ވިދާޅުވީ އައިޔޫމްގައި ކިޔަވާ އިމާމުންގެ ފީ އަށް ބުރުލެއް، ކޯހަށް އެއްވެސް ތާށި ކަމެއް ވެސް އައިސްފައި ނެތް ކަމަށެވެ. އަދިއެފަދަ ކަމަށް އައިޔޫއެމުން މިނިސްޓްރީ އަށް އަންގާފައި ނެތް ކަމަށް ވެދސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އިމާމުން ހިލޭ ޑިގްރީ ކޯހަށް ކިޔެވޭނެ އިންތިޒާމު ހަމަޖެއްސި އިރު ދެ ގޮތަކަށް އެ މީހުންނާ އެކީ އެއްބަސްވެވުނު ކަމަށެވެ. އެއީ ކައިރީގައި ހުރި ޔުނިވަރސިޓީއެއްގައި ނުވަތަ މާލެ ގޮސް ބްލޮކް މޯޑަށް ކިޔެވުމެވެ. އެގޮތުން ބައެއް އިމާމުން އެގޮތުން ބައެއް މީހުން މާލެ ގޮސް ކިޔަވަމުން އަންނަ ކަމަށާއި އެފަދަ މީހުންގެ ދަތުރުތަކުގެ ޚަރަދުގެ ދެބައިކުޅަ އެއްބައި މިނިސްޓްރީން މިހާރު ވެސް ދޭ ކަމަށް ވިދާޅުވި އެވެ. އަދި ބްލޮކް މޯޑަށް ކިޔެވި ނަމަވެސް މުސާރައިން ނުކަނޑާ ކަމަށާއި އިމާމުން މާލެ ދަނީ މިނިސްޓްރީން ޗުއްޓީ ދީގެން މިނިސްޓްރީގެ ހުއްދައާ އެކީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.