Last Updated: April 20, 17:50
Saturday, April 20, 2024
މުނިފޫހިފިލުވުން

މަލައިކާގެ އާ އައިޓަމް ލަވަ ދައްކާލައިފި

ކުރިން ބޮލީވުޑްގެ އެތައް ފިލްމަކަށް މަގުބޫލު އައިޓަމް ލަވަތަކެއް ކުޅުނު މަލައިކާ އަރޯރާގެ އާ އައިޓަމް ލަވަ ދައްކާލައިފި އެވެ.

މި ލަވަ އަކީ އަންނަ މަހުގެ 2 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ އަޔޫޝަމަން ކްރާނާގެ ފިލްމު "އޭން އެކްޝަން ހީރޯ" ގައި ހިމެނޭ "އާޕް ޖެއިސާ ކޮއީ" އެވެ. މިއީ އެ ނަމުގައި ކުރިން ގެނެސްދީފައިވާ މަގުބޫލު ޑިސްކޯ ސްޓައިލް ލަވައިގެ އާ ވާޝަނެކެވެ. ކުރީގެ ލަވަ ހިމެނެނީ 1980 ގެ ފިލްމު "ގުރުބާނީ" ގަ އެވެ. އޭގެ ތަރިންނަކީ ޒީނަތު އަމަން އާއި ފީރޯޒް ޚާންގެ އިތުރުން ވިނޯދު ކަންނާ އެވެ.

"ގުރުބާނީ" ގެ އާ "އާޕް ޖެއިސާ ކޮއި" ކިޔާފައި ވަނީ ނާޒިއާ ހުސައިނެވެ.

މަލައިކާގެ ލަވައިގެ އަޑުގެ ވެރިންނަކީ ޒަހްރާ އެސް ޚާނާއި އަލްތަމަޝް ފަރީދީ އެވެ. ލަވައިގެ މިއުޒިކާ ކުޅުނީ ކުރީގެ ލަވަތަކާ މި ފަހުން އެންމެ ބޮޑަށް ކުޅޭ ތަނިޝްގް ބަގްޗީ އެވެ.

އަޔޫޝްމަންގެ "އޭން އެކްޝަން ހީރޯ" ގައި "ޖެދާ ނަޝާ" ގެ ނަމުގައި ބޮލީވުޑްގައި މިހާރު އެންމެ ވިދާ އައިޓަމް ގާލް ނޯރާ ފަތުހީގެ ލަވައެއް ވެސް ހިމެނެ އެވެ. އެ ލަވަ ކުރިން ވަނީ އާންމުކޮށްފަ އެވެ.

އެކްޓަރު އަރުޖުން ކަޕޫރްގެ ލޯބިވެރިޔާ މަލައިކާ ކުޅެފައިވާ އައިޓަމް ލަވަތަކުގެ ތެރޭގައި "ޗައްޔާ ޗައްޔާ"، "މާހީ ވޭ" އަދި "މުންނީ ބަދުނާމް" ފާހަގަކޮށްލެވެ އެވެ.