Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

42.8 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފި

އަންނަ އަހަރަށް ދައުލަތު ހުށަހަޅާފައިވާ ބެޖެޓު ފޮތް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

2023 ވަނަ އަހަރަށް ލަފާކުރާ ދައުވަލުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބަޖެޓް ފާސްކުރުމާ އެއްކޮޅަށް 61 މެމްބަރުން ވޯޓު ދީފައިވެއެވެ. އަދި ބަޖެޓް ފާސްކުރުމާ ދެކޮޅަށް 08 މެމްބަރުން ވޯޓު ދީފައިވެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އެ ބަޖެޓަށް 160,531,484 ރުފިޔާ އިތުރުކޮށް ބަޖެޓް ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ހުށަހަޅާފައި ވަނީ 42.8 ބިިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއެކު 2022 ވަނަ އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓްގެ ގޮތުގައި 5.8 ބިލިއަން ރުފިޔާގެ ބަޖެޓްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އަންނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރަނީ 32.1 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 23.5 ބިލިއަން ރުފިޔާއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއާއެކު ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓަކީ 5 ބިލިއަން ރުފިޔާއެވެ.