ރ. ރަސްމާދޫ ދެކުނުފަރާތުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެކަމަށް ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.
ރަސްމާދޫ ދެކުނުފަރާތުގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތަކީ 17.8 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. މިމަސައްކަތް ހަވާލު ކޮށްފައިވަނި 210 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މި މަޝްރޫއުގެ ދަށުން ރަށުގެ ދެކުނުފަރާތުގެ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ ގޮތުން 157 މީޓަރުގެ ރިވެޓްމަންޓް، 45 މީޓަރުގެ ފަސް ޓީ ގްރޮއިން، 55 މީޓަރުގެ ޓީ-ގްރޮއިން، އަދި އިތުރު ގްރޮއިންގެ ގޮތުގައި 43 މީޓަރު ޤާއިމްކުރެވޭނެއެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވަނީ މި މަޝްރޫއުތަކުގެ ދަށުން މިރަށުގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާނެ ކަމަސެވެ.