Last Updated: July 18, 21:48
Friday, July 18, 2025
ޚަބަރު

ލަންކާ ސަފީރަކަށް ފާއިޒަށް ރުހުން ދީފި

ރާއްޖޭން ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރަކަށް އަލީ ފާއިޒް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ލަންކާއަށް ކަނޑައަޅާ ސަފީރަކަށް ފާއިޒު ހަމަޖެއްސުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ވޯޓަށް އަހާފައެވެ.

ފާއިޒް ލަންކާގެ ސަފީރަކަށް އައްޔަން ކުރުމަށް ރުހުން ލިބުނީ 62 މެންބަރުންގެ ވޯޓުންނެވެ.

ފާއިޒް މީގެ ކުރިން ވަނީ މިފްކޯގެ މެނޭޖިން ޑިރެކްޓަރު ކަމާއި ރައީސް އޮފީހުގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ފުރުއްވާފައެވެ.