Last Updated: April 26, 18:07
Friday, April 26, 2024
މުނިފޫހިފިލުވުން

ރަންވީރުގެ "ސާކަސް" ވާނީ ބޮޑު ޗަރުކޭހަކަށް

އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވ ރަންވީރު ސިންގެ ފިލްމު "ސާކަސް" ގެ ޓީޒާއެއް މިއަދު އާންމުކޮށްފި އެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ރޯހިތުގެ ޝެޓީގެ މި ފިލްމަކީ މަޝްހޫރު އިނގިރޭސި އަދީބް ޝޭކްސްޕެއާގެ ފްލޭއެއް ކަމަށްވާ "ކޮމެޑީ އެރާސް" އަށް ބިނާކޮށް ހަދާފައިވާ ޕީރިއަޑް ކޮމެޑީ ފިލްމެކެވެ. "ސާކަސް" ގައި ރަންވީރު އާއި ވަރުން ފެންނާނޫ ޑަބަލް ރޯލުތަކުންނެވެ.

އަންނަ މަހުގެ 23 ގައި ބެލުންތެރިންނަށް ދޫކޮށްލާ މި ފިލްމުގެ ބަތަލާއިންނަކީ ޖެކްލީން ފެނަންޑޭޒާއި ޕޫޖާ ހެގްޅޭ އެވެ. "ސާކަސް" ގެ ކާސްޓުން ޖޯނީ ލީވާ، ސަންޖޭ މިޝްރާ، މުކޭޝް ތިވާރީ، މުރާލީ ޝަރުމާ، ސިދާތާ ޔާދަވް އަދި ޓިކޫ ތަލްސާނިއާ ފަދަ ފަންނާނުން ފެންނާނެ އެވެ. މީގެ އިތުރުން ފިލްމުގެ ހާއްސަ ފެނިލުންތަކުން ރަންވީރުގެ އަންހެނުން ދީޕިކާ ޕަދްކޯނާއި ރޯހިތުގެ ފެވަރިޓް އަދި ގާތް އެކުވެރިޔާ އަޖޭ ދޭވްގަން ވެސް ފެންނާނެ އެވެ.

"ސާކަސް" އަކީ މި އަހަރު ރިލީޒްކުރި "ޖަޔޭޝްބާއީ ޖޯރުދާރު" އަށް ފަހު ރިލީޒްވާ ރަންވީރުގެ ދެވަނަ ފިލްމެވެ. ރޯހިތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން އަކްޝޭ ކުމާރާއި ކެޓްރީނާ ކައިފްގެ "ސޫރިއަވަންޝީ" އެވެ.