Last Updated: April 20, 10:54
Saturday, April 20, 2024
ޚަބަރު

އެމްއެމްސީ އަށް މީޑިއާތަކުން 10 ކެންޑިޑޭޓެއް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްއެސީ) ގެ ކުރިއަށް އޮތް އިންތިހާބުގައި މީޑިއާތަކން ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް އާންމުކޮށްފި އެވެ.

އަންނަ މަހުގެ 10 ގައި ހޯމް މިނިސްޓްރީން ބާއްވަން ހަމަޖެހިފައިވާ އިންތިހާބުގައި ވާދަކުރަަން މީޑިއާތަކުން ޝަރުތު ހަމަވީ 10 މީހެކެވެ. އަދި އެ މީހުންގެ ކެންޑިޑޭސީ މިހާރު ވަނީ ތަރުތީބު ވެސްކޮށްފަ އެވެ.

އެމްއެމްސީ އަށް މީޑިއާތަކުން ވާދަކުރާ ކެންޑިޑޭޓުން:

1. އަހުމަދު އާޒިފު (ސަން އޮންލައިން)
2. މުހައްމަދު އަފްޒަލް (ދީނުގެ މަގު)
3. މޫސާ ރަޝީދު (މިހާރު)
4. މުހައްމަދު ސިމާއު (ވަން އޮންލައިން)
5. ޝިމްލާ އަހުމަދު (އޭއޯ ނިއުސް)
6. މުހައްމަދު އަފްރާހު (ތިލަދުން)
7. އަލީ ނިޝާން (އާފަތިސް)
8. ހުސައިން ޝަރީފް (ވަގުތު)
9. އަހުމަދު މުސްތަފާ (ޕީއެސްއެމް)
10. މުހައްމަދު ފަޒްލޫން (ސަންގު ޓީވީ)

މީޑިއާތަކުގެ އިިތުރުން އާންމުންގެ ތެރެއިން ވެސް ވަނީ 12 ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކުރެ އެވެ. އާއްމުންގެ ތެރެއިން ހޮވާ މެމްބަރުންނަކީ މީޑިއާއާ ގުޅުން ހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ މީހުންނެވެ.

އެމްއެމްސީ އެކުލެވެނީ މީޑިއާތައް ތަމްސީލުކުރާ 8 މެންބަރުންނާއި އާންމުންގެ ތެރެއިން އިންތިހާބު ކުރެވޭ 7 މެންބަރުންނާ އެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ.

އެ ކައުންސިލްގެ މެމްބަރުކަމަށް ހުޅުވާލީ ކައުންސިލްގައި ތިއްބަވާ 15 މެމްބަރުންގެ ތެރެއިން 13 މެމްބަރެއްގެ ދައުރު އަންނަ ޑިސެމްބަރު މަހުގެ 14 ވަނަދު ވަހަށް ހަމަވާތީއެވެ. ދައުރު ހަމަވަނީ މީޑިއާތައް ތަމްސީލުކުރާ 7 މެމްބަރަކާއި އާންމުންގެ ތެރެއިން އިންތިހާބުވި 6 މެމްބަރެއްގެ އެވެ.