Last Updated: April 24, 10:13
Wednesday, April 24, 2024
މުނިފޫހިފިލުވުން

ފަރުދީންގެ ފިލްމު ސިނަމާގައި ނާޅުވާނެ

ބޮލީވުޑްގެ ކުރީގެ އެކްޓަރު ފަރުދީން ޚާން އެނބުރި އަންނަ ފިލްމު "ވިސްފޮޓް" ސިނަމާތަކަށް ނުގެންނަން ނިންމައިފި އެވެ.

އެ ފިލްމުގެ ޕްރޮޑިއުސަރު ސަންޖޭ ގުޕްތާ ބުނީ ސިނަމާތަކަށް ގެނައުމުގެ ބަދަލުގައި ބެލުންތެރިންނަށް އަންނަ އަހަރުގެ ކުރީކޮޅު ފިލްމު ދޫކޮށްލާނީ ސްޓްރީމިން ޕްލެޓްފޯމަކުން ކަމަށެވެ. އެކަމަކު އެއީ ކޮން އިރަކު، ކޮން ޕްލެޓްފޯމަކުން ކަމެއް ހާމައެއްނުކުރެ އެވެ.

ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ފަރުދީން، 48، ބޮލީވުޑާ ދުރަށް ދިޔަތާ އަހަރުތަކެއް ފަހުން އަލުން އެކްޓިން އަށް އެނބުރި އަންނަނަން ނިންމައި "ވިސްފޮޓް" ގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އޭނަ އަލުން ފިލްމު ކުޅެން ފެށީ، އިންޑަސްޓްރީ ދޫކޮށްލި ފަހުން ވަރަށް ބޮޑަށް ފަލަވެ، ސިފަ ގެއްލިފައި ވަނިކޮށް އަލުން ފިޓްވުމަށް ފަހު އެވެ.

ކޫކީ ގްލާޓީ ޑައިރެކްޓްކުރާ "ވިސްފޮޓް" އަކީ ވެނެޒުއެލާގެ 2012 ގެ ފިލްމު "ރޮކް، ޕޭޕާ، ސިޒާސް" އަސްލަކަށް ބަލައިގެން ހަދާ އެއްޗެކެވެ. މީގެ ކާސްޓްގައި ރިތޭޝް ދޭޝްމުކް، ކްރިސްޓަލް ޑި ސޫޒާ، ޕްރިޔާ ބަޕަޓް، ސީމާ ބަޕަޓް އަދި ޝީބާ ޗައްޑާ ހިމެނެ ވެސް ހިމެނެ އެވެ. "ވިސްފޮޓް" އަކީ ސަންޖޭ އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ގެނެސްދޭން ހަމަޖެހިފައިވާ ފިލްމެކެވެ.

ފަރުދީން އެންމެ ފަހުން ކުޅުނީ 2010 ގެ "ދުލްހާ މިލްގަޔާ" އެވެ. ކުރީގެ މަޝްހޫރު ތަރި ފީރޯޒް ޚާންގެ ދަރިފުޅުގެ ކެރިއަރުގައި ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ޕިޔާރު ތޫނޭ ކިޔާ ކިޔާ"، "ޖަންގަލް"، "ބޫތު"، "ނޯ އެންޓްރީ" އަދި "ހޭ ބޭބީ" ހިމެނެ އެވެ.

ރިޕޯޓްތަައް ބުނާ ގޮތުން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ނެޓްފްލިކްސް އަށް ހަދާ ވެބް ސީރީޒް "ހީރާމަންޑީ" ގެ ކާސްޓްގައި ވެސް ފަރުދީން ހިމެނެ އެވެ. އޭގެ ރޯލަކުން ފަރުދިންގެ މައިދައިތަ އަދި ކުރީގެ މަޝްހޫރު ބަތަލާ މުމްތާޒް ވެސް ފެންނާނެ އެވެ.