Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

މަސައްކަތް ކުރަނީ އުފާވެރި އާއިލާތައް ބިނާކުރަން

ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އުފާވެރި އާއިލާތައް ބިނާކުރަން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

ޖެންޑަ މިނިސްޓްރޫގެ ގެވެށި ގުޅުން ކެންޕެއިންގެ ތެރެއިން ކުޑަކުދިންގެ ވާހަކަފޮތް ސީރީޒަކާއި ސާސްތުރަ މަޖައްލާގެ އޯޑިއޯ ވާޝަންގެ އިތުރުން އާ ވީޑިއޯ ލަވައެއް ލޯންޗްކުރަން ބޭއްވި ހަފުލާގައި ފައިސަލް ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ އުފާވެރި އާއިލާތައް ބިނާކުރަން އޮތް ހުރަސްތައް ނައްތާލުމަށް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުބީ ގެވެށި އަނިޔާގެ މައްސަލަތަކަކީ އަބަދުވެސް މުޖުތަމަޢުގެ ތެރޭގައި އޮތް ކަމެއް ކަމަށާއި ނަމަވެސް މި ސަރުކާރު އައުމާ އެކީ މަސައްކަތް ފެށިފައި ވަނީ ގެވެށި ގުޅުން ބަދަހިކޮށް އުފާވެރި އާއިލާއެއް ބިނާކުރެވޭނެ މަގު ފަހިކޮށްދެއްވުމަށް ކަމަށެވެ. އެގޮތުން ޤާނޫނުތަކަށް ގެނެވުނު ބަދަލުތަކާއި، ހަ މަސްދުވަހުގެ މެޓާރނިޓީ ލީވް މައިންނަށްއަދި އެއްމަސް ދުވަހުގެ ޕެޓާނިޓީލީވް ބަފައިންނަށް ހަމަޖައްސައިދީ މަސައްކަތު މާހައުލުގައި ދަރިންނާ އެކީ މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައި ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އެކަމަށް ކުރެވޭ މަަސައްކަތްތަކުގެ ތެރެއިން ކުރިއަށް އޮތް ތަނުގައި، އަލަށް އިމާރާތްކުރެވޭ ސްކޫލުތަކުގައި ފެމެލީ ލައުންޖްތައް ޤާއިމް ކުރެވޭނެ ކަމަަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި އާއިލީ ގުޅުން ބަދަހިކުރުމަށާއި އުފާވެރި އާއިލާއެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި ހޭލުންތެރިކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ގެވެށިއަނިޔާގެ މައްސަލަތައް ރިޕޯޓްކުރުން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މި ދިޔަ އަހަރު ގެވެށި އަނިޔާގެ 494 މައްސަލައެއް ހުށައެޅިފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ކުޑަކުދިންގެ ޅަފަތުގެ ތަރުބިއްޔަތާއި ގުޅޭ ގޮތުން ވިދާޅުވީ، ކުޑަކުދިން އެންމެ ގިނަވަގުތު ހޭދަކުރަނީ ގޭގައި އެ ކުދިންގެ އާއިލާތަކާ އެކީގައި ކަމަށްވުމާ އެކު ގޭތެރެއިން ފެންނަ ރަނގަޅުކަންކަމާއި ނުރަނގަޅު ކަންކަމުގެ އަސަރު ކުޑަކުދިންނަށް ކުރާ ކަމަށް ފައިސަލް ވިދާޅުވި އެވެ. އެހެންވެ މައިންބަފައިންނާއި މުޖުތަމައުގެ ތެރެއިން ކުޑަކުދިންނަށް ރަނގަޅު ނަމޫނާއެއް ދެއްކުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެކަމަށް ކުރެވޭ ކެމްޕޭންތަކުންނާއި މަސައްކަތްތަކުން އެކަށީގެންވާ ނަތީޖާއެއް ނެރެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެންކަން މުޅި މުޖުމަޢުގެ އެންމެން ބައިވެރިވުމަށް އޮވެގެން ކަމަށް

"ގެވެށި ގުޅުން" ކެންޕެއިން، ފެށީ ޖުލައި 15، 2020ގަ އެވެ. އެކެމްޕެއިންގެ ތެރެއިން އާންމުން ހޭލުންތެރި ކުރުމަށް ގިނަ ޙަރަކާތްތަކެއް ފާއިތުވި ދެ އަހަރުގެ ތެރޭގައި ހިންގާފައިވެ އެވެ.